ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 23:30
މާލެއަށް ވާރޭވެހެނީ
މާލެއަށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
މާދަން މުޅި ރާއްޖެއަށް ވިއްސާރަކުރާނެ
މެދު ރާއްޖެތެރެއަށާއި އުތުރަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވޭ
ދެކުނަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރޭ

މާދަމާ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މާދަމާ ލ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި މެދު ރާއްޖެތެރެއަށާއި އުތުރަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ހުރިހާ ހިސާބަކަށްވެސް ވައި ޖެހޭނީ ފަސް މޭލާއި 15 މޭލުގެ ބާރުމިނުގައި ކަމަށެވެ.

މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރިނަމަވެސް، ދަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މާދަމާ ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު މާދަމާއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާ ދުވަހެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ މޫސުމަށް ބަލާ މާދަމާ ވީހާވެސް އަވަހަކަށް ވޯޓުލާން ނިކުތުމަށް އެދިފައެވެ. އަދި ވޯޓު ވިއްސާރަވިކަމުގައިވީނަމަވެސް ވޯޓު ލާ ވަގުތު އިތުރުނުކުރާނެކަމަށް ވަނީ ބުނެފައެވެ. ވޯޓު ލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8ން ހަވީރު 5:30އަށެވެ.

- ކޮމެންޓް