ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 11:23
"ފަރިހި 2" ދޯނި
"ފަރިހި 2" ދޯނި
ޕޮލިސް
ދޯންޏެއް ގެއްލިގެން ހޯދުން
"ފަރިހި 2" ދޯނި ހޯދުމަށް މިހާތަނަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ކަނޑާއި ވައިގެމަގުން ބަލައިފި
އެ ދޯނީގައި 3 ދިވެހި ފިރިހެނުން ތިބި
ދޯނިގައި ތިބީ ކ. މާފުށިން މަޑުއްވަރީއަށް ދިޔަ ބައެއް، އެ މީހުން މަހަށް ދިޔައީ މަޑުއްވަރީގެ ދޯންޏެއްގައި
ޔޫއޭވީ ބޭނުންކޮށްގެން ވެސް އެސަރަހައްދު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ޚަބަރެއް ނުވެގެން ހޯދަމުންދާ "ފަރިހި 2" ދޯނި ހޯދުމަށް މިހާތަނަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ކަނޑާއި ވައިގެމަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ހަވީރު މަހަށް ނުކުމެ އުޅުނު ތިން މީހެއްގެ ޚަބަރު ނުވެގެން ހުކުރު ދުވަހުގެރޭ 10:00 ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ގެއްލިގެން ހޯދާ ދޯނިގައި ތިބީ ކ. މާފުށިން މަޑުއްވަރީއަށް ދިޔަ ބައެކެވެ. އެ މީހުން މަހަށް ދިޔައީ މަޑުއްވަރީގެ ދޯންޏެއްގައެވެ.

އެމްއެންޑީއެފުން ބުނީ މ .ރަތްމަންދޫ ބޭރުން ފަރުމަސް ބާނަން ނުކުތް ފަރިހި 2 ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، އެ ދޯނި ހޯދުމުގެ މަސައްކަތް ހުކުރު ދުވަހުގެ 11:20 ހާއިރު ފަށާފައިވާ ކަމަށެވެ. އަދި ކޯސްޓްގާޑް ހާބަރކްރާފްޓް 114 އިން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެމްއެންޑީއެފް ވައި ބާރުން ދަނީ " ޔޫއޭވީ" ބޭނުންކޮށްގެން ވެސް އެސަރަހައްދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ހޯދުމަށް މިހާތަނަށް 440އަކަ ނޯޓިކަލް މޭލުގެ ސަަރަހައްދެއް ކަނޑާއި ވައިގެމަގުން ބަލާފައިވާ ކަމަށެވެ. އަދި ދޯނި ހޯދުމަށް ކަނޑާއި ވައިގެމަގުން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ދޯނީގައި ތިބީ އުމުރުން 45 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ. އަދި ތިން ވަނަ މީހެއްގެ މައުލޫމާތެއް އަދި ނުލިބެއެވެ.

- ކޮމެންޓް