ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 09:48
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް
ރާއްޖެއެމްވީ
މާލޭގެ ރައްޔިތުންނަށް ގޯތިދިނުން
މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަކީ ރައީސް މުއިއްޒުގެ ފިކުރެއް ނޫން: މެންބަރު ހުސައިން ޝަހީމް
 
މިހާރު ގޯތީގެ ރަޖިސްޓްރީއެއް ދުލެއް ނުކުރޭ، ދޫކުރަމުންދަނީ އިގުރާރެއް
 
މާލޭގެ ރައްޔިތުންނަށް ބިންދޫކުރުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަފުޅެއް ނުދައްކަވާ
 
ފްލެޓާއި ގޯތި ދޫނުކޮށް ލަސްކުރާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް

މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފިކުރެއް ނޫން ކަމަށާއި، އެމަނިކުފާނު ގޯތިތައް ދޫކުރަން ބޭނުންނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ނިންމެވުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިސަރުކާރުން އެގޯތިތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގޯތީގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބިން ދިނުމަކީ ރައީސް މުއިއްޒު އަދި ޕީއެންސީގެ ފިކުރެއް ނޫން ކަމަށެވެ. ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި ވައުދުވެވަޑައިގަންނަވާއިރު، މާލޭގެ ރައްޔިތުންނަށް ބިންދޫކުރުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަފުޅު ނުދައްކަވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ މިހާރު ގޯތީގެ ރަޖިސްޓްރީ ދޫނުކުރާ ކަމަށާއި، ދޫކުރަމުންދަނީ އިގުރާރެއް ކަމަށެވެ. އެގޮތަށް ކަންތައް ކުރަނީ ބިން އަތުލާ ހާލަތުގައި ކޯޓަށް ދިޔަ ނަމަވެސް ކޭސް ވިން ނުކުރެވޭނެ ގޮތަށް ހެދުމަށް ކަމަށް މެންބަރު ވިދާޅުވިއެވެ.

މިސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަށް އިޝާރާތް ކުރައްވައި މެންބަރު ވިދާޅުވީ މީގެކުރިން އެބޭފުޅާ ދިރިއުޅުއްވީ އިނގިރޭސިވިލާތުގައި ކަމަށާއި، ރާއްޖޭގައި ނޫން ކަމަށެވެ. އެހެންކަމުން މާލޭގައި ދިވެހި ރައްޔިތުން ދިރިއުޅޭ ހާލަތު އެނގިވަޑައިނުގަންނަވާނެ ކަމަށާއި، އުޅޭ ދަތި ހާލު އިހުސާސް ނުކުރެއްވޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ކަންކަން ދިވެހިރާއްޖެ ކަމުނުގޮސްގެން އިނގިރޭސިވިލާތުގައި އުޅުއްވި ބޭފުޅަކަށް އައިސް ދިވެހިރާއްޖޭގެ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތެއް އިހުސާސެއް ނުކުރެވޭނެ. އެތަހައްމަލުކުރަމުންދާ ރެއާދުވާލުގެ ކެކުޅުމުގެ ވޭނުގެ އިހުސާސްއެއް ނުހުންނާނެ. އާއްމު ގޮތެއްގައި ވާރޭ ވެހިލާފައި ފިނިކޮށް އޮންނަ ގައުމެއްގައި އުޅެލާފައި އައިސް ރާއްޖޭގައި ކަންތައް އޮންނަނީ އެތަނެއްގައި އޮންނަ ގޮތަށްކަން ދެކުމަކީ އެއީ ދިވެހިންނަށް ވެވޭ ބޭއިންސާފެއް.
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން)

މެންބަރު ވިދާޅުވީ ފްލެޓާއި ގޯތި ދޫނުކޮށް ލަސްކުރާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ. ނަމަވެސް އަދިވެސް މަސައްކަތް ކުރަނީ ސިޔާސީ މަންފާއަށް ގޯއްޗާއި، ފްލެޓުތައް ހިފެހެއްޓުމަށް ކަމަށް މެންބަރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މި ސަރުކާރުން މަސައްކަތްކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް ގޯތިތައް ދިނުމަށް: އަކްރަމް
މެންބަރުން އަޅުންގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް ދައުލަތް ގަޑުބަޑު ކުރުމުގެ ފުރުސަތު ނުލިބޭނެ: މެންބަރު ހުސައިން ޝަހީމް
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދިން ގޯތިތައް ހޯދައިދިނުމަށް ކޯޓަށް ދާން ޖެހިއްޖެނަމަ ކޯޓަށްވެސް ދާނަން: އާޒިމް
ރާއްޖޭގެ ރައީސް ވިދާޅުވާ ބަސްފުޅު އެއްވެސް އަގެއް ނެތް އެއްޗަކަށްވެ ނިމެނީތޯ؟
ސަރުކާރު ވަޒީރެއްގެ ރިޝްވަތުގެ ބޮޑެތި ހުށަހެޅުންތަކެއް އެމްޑީޕީގެ ޕީޖީއަށް: "ބޭނުން ކަމެއް ކޮށްދޭނަން"
ސަރުކާރާއި ގުޅޭގޮތުން މެންބަރު އިލްޔާސް ލަބީބު ދެއްކެވި ވާހަކަފުޅުތަކަށް، މެންބަރު ޝަހީމްގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް!
ރައީސް އިއުލާންކުރެއްވި ދެވަނަ ފިޔަވަހީގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި