ކ. މާލެ
|
19 އޭޕްރިލް 2024 | ހުކުރު 15:03
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަދި ކުރީގެ ރައީސް ޔާމީން
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަދި ކުރީގެ ރައީސް ޔާމީން
ރާއްޖެއެމްވީ
ރައީސް މުއިއްޒުގެ ރޯލް މޮޑެލް
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
 
މިއަދު އެއްވެސް މީޑިއާއަކުން ވެސް އެފަދަ މައްސަލަތައް ހޫނެއް ނުކުރޭ
 
އެންޓި ކޮރަޕްޝަން ކޮމިޝަންގައި ގިނަ މައްސަލަތަކެއް އެބަހުރި
 
ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދޭއިރު، ރައްޔިތުން ވިސްނަންޖެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރޯލް މޮޑަލްއަކީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއަރޕަރސަން އަބްދުއްރަހީމް އަބްދުﷲ ކަމަށާއި، ދެން މި ގައުމުގެ ކަންކަންދާނެ ގޮތް ރައްޔިތުން އަމިއްލައަށް ތަސައްވުރު ކުރެއްވުމަށް ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އަމުރު ކުރުމާއެކު، ޖަލު ހުކުމުން މިނިވަންވެވަޑައިގެން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އެމަނިކުފާނު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މިސަރުކާރަށް ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ދިވެހިރާއްޖެއިން ކޮންކަހަލަ މަންޒަރުތަކެއް ފެނިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ ނޫސްވެރިއަކު ދެންނެވި ސުވާލަށް ޔާމީން ވިދާޅުވީ މީހަކަށް އާރާއިބާރާއި، ފައިސާގެ ތަނަވަސްކަން އިންތިހާއަށް ލިބުމުން ބަދަލުވާނެ ގޮތް ދެނެވޮޑިގަންނަވާނީ ﷲ ކަމަށެވެ. އަދި ތަނަވަސްކަމުގެ ބާރުގައި އިންސާނާގެ ސިކުނޑި ބޭނުންގޮތަކަށް އަނބުރާލެވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަންގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި، އެމައްސަލަތައް ވެސް ނުބެލޭ ކަމަށެވެ. އަދި މިއަދު އެއްވެސް މީޑިއާއަކުން ވެސް އެފަދަ މައްސަލަތައް ހޫނު ނުކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް ކަމަށެވެ. އެހެންކަމުން ދެން ގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން އަމިއްލައަށް ތަސައްވުރު ކުރަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީހަކަށް އޭނާއަށް އާރާއިބާރު ލިބުމާއި ފައިސާގެ ތަނަވަސްކަން އިންތިހާއަށް ލިބުނީމަ އެމީހާ ބަދަލުވާނެ ގޮތެއް ހަމަ ﷲ ދެނެވޮޑިގެންވާނީ. ނަންބަރު 1. ނަންބަރު 2. މިއޮތް ތައުލީމީ ޒަމާނުގައި ތިމަންނަގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމްއޭ ވިދާޅުވާ ހިސާބުން ދެން ތިބޭފުޅުން ތަސައްވުރު ކުރައްވާ ކިހައި ހިސާބަކަށްތޯ މި ދުރަށް ދެމިގެންދާނީ. އެހެންވީމަ އަޅުގަނޑު ނެތިން ތިއަށް ތަފްސީލް ތަރުޖަމާތަކެއް ދޭކަށް. ދެކަމެއް މިއޮތީ. އިންސާނާގެ ސިކުނޑި ބޭނުންގޮތަކަށް އަނބުރާލާނެ އޭނާއަށް ތަނަވަސްކަމާއި ބާރު ލިބިއްޖެއްޔާ. އެކްޗުއަލީ އަންފިޓެޑް ބާރު ލިބިއްޖެއްޔާ. އޭނާގެ ބާރު ޗެލަންޖު ކުރެވޭނެ. މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަންގައި ހުރި މައްސަލަތައް ސަރުކާރުގެ ބާރު ޗެލަންޖު ކުރެވޭނެ ގޮތެއް ނެތް. މީޑިއާކުން އެވަރަކަށް ހޫނެއް ނުކުރޭ. އެއްވެސް ކަމެއް ނުކުރޭ އެނގޭތޯ. އެހެންވީމަ އަންފިޓެޑް ބާރު ލިބިއްޖެއްޔާ އިންސާނާ ބަދަލުވެގެންދާނެ ގޮތެއް ނޭނގޭނެ. ދެން ދެވަނަ ކަމަކީ މިދެންނެވި ގޮތަށް މިހާރުގެ ރައީސްގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް ކަމަށްވަންޏާ ދެން ތިބޭފުޅުންގެ ހިޔާލަށް ގެންނަވާށޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދޭއިރު، ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ.

އެއީ ސަރުކާރަކަށް ރައްޔިތުންގެ އިތުބާރު އޮންނަން ޖެހޭ ކަމަށާއި، ސަރުކާރުގެ ބޭފުޅުން ރައްޔިތުންނަށް ތެދު ހަދައި، ސަރުކާރަކުން ކޮށްދޭނެ ކަމަށް ބުނާ ކަންކަން ތަންފީޒުކުރަމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި މިނެކިރަންޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް