ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 10:12
ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ގޫގުލް
ރެއާލް މެޑްރިޑް
އެއްވެސް ބަޔަކަށް ރެއާލް މެޑްރިޑް މަރައެއް ނުލެވޭނެ: އެންޗެލޯޓީ
 
ޕެނަލްޓީ ޖެހަން ޖެހުމުން ވެސް މޮޅުވާނެ ކަމުގެ އިތުބާރު އޮތް: އެންޗެލޯޓީ

އެންމެން ވެސް ހީކުރީ ޗެމްޕިއަންސް ލީގުން ކަޓާނީ ރެއާލް މެޑްރިޑް ކަމަށާއި ނަމަވެސް އެ ޓީމު މަރައެއް ނުލެވޭނެ ކަމަށް ކޯޗު ކާލޯ އެންޗެލޯޓި ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުއާޓާ ފައިނަލުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހު އެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅެގެން ދެ ޓީމު އެއްވަރުވީ 3-3އިންނެވެ. ރޭގެ މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ 1-1އިން އެއްވަރުވުމުންނެވެ.

އެންމެންވެސް ހީކުރީ އަހަރުމެން މަރުވެއްޖެކަމަށް (ފުރަތަމަ މެޗަށް ފަހު). އެކަމަކު އެއްވެސް ބަޔަކަށް ރެއާލް މެޑްރިޑް މަރައެއް ނުލެވޭނެ. އެކަން މި ފެނުނީ
އެންޗެލޯޓީ

ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ކޯޗު ބުނީ ރެއާލް މެޑްރިޑަކީ ވަރަށް ގިނަ ފަހަރު މިފަދަ ވަރުގަދަ މެޗުތަކުން މޮޅުވާ ޓީމެއް ކަމަށެވެ. އަދި ރޭގެ މެޗުގައި އޭނާގެ ޓީމުން ހުރިހާ ގޮތަކުން ވެސް ރަނގަޅަށް ކުޅުނު ކަމަށެވެ.

ރެއާލް މެޑްރިޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ - ގޫގުލް
ރެއާލް މެޑްރިޑް ވަރަށް ގިނައިން މި ފަދަ މެޗުތައް ކާމިޔާބު ކުރާނެ. އެއީ މި ކުލަބަށްޓަކައި އެންމެންވެސް މަސައްކަތް ކުރާތީވެ. އަހަރުމެން ރޭގެ މެޗު ފެށީ ވަރަށް ރަނގަޅަށް. ލީޑް ވެސް ލިބުނު. އެއަށް ފަހު އަހަރުމެންނަށް ފަހަތަށް ފޭބުނީމަ އެމީހުން މެޗުގެ ކޮންޓްރޯލް ހޯދި. އެކަމަކު އަހަރެން ބުނާނީ އަހަރުމެން ވަރަށް ރަނގަޅަށް ދިފާއު ކުރީމޭ. އެއީ މޮޅުވި ސަބަބަކީ
ކޯޗު

މި ސީޒަނުގައި ޕެނަލްޓީ ތަކުގައި އެހާ ކާމިޔާބުކޮށް ރެއާލް މެޑްރިޑް ނުފެނުނު ނަމަވެސް ރޭގެ މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނުއިރު މޮޅުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ފަހު ޕެނަލްޓީ ޖެހި އެންޓޯނިއޯ ރުޑިގާ ޕެނަލްޓީ ޖެހުމުން އެންމެވެސް އެކަމާ ހައިރާވި ކަމަށެވެ. އެންޗެލޯޓީ ވަނީ ދެ ޕެނަލްޓީ މަތަކުރި އޭނާގެ ޒުވާން ކީޕަރު އަންދްރޭ ލުނިން އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ރެއާލް މެޑްރިޑުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ލޫކާ މޮޑްރިޗް ޖެހި ފުރަމަ ޕެނަލްޓީ އެވެ. ސިޓީގެ ކީޕަރު އެޑަސަން އެ ބޯޅަ ދިފާއު ކުރީ އެވެ. އޭގެ ފަހުން ސިޓީގެ ބެނާޑޯ ސިލްވާ އާއި މަޓެއޯ ކޮވަސިޗްގެ ޕެނަލްޓީ ލުނިން ދިފާއު ކުރީ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި 14 ފަހަރުގެ ޗެމްޕިއަން ރެއާލް ކުޅޭނީ ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ ބަޔާން މިއުނިކާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް