ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ ބާސެލޯނާގެ ކުޅުންތެރިއަކަށް ރަތްކާޑު ނުދެއްކި ނަމަވެސް، އޭނާގެ ޓީމު މެޗުން މޮޅުވާނެ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކުރީގެ ކޯޗު އަދި ކެޕްޓަން އެންރީކޭ ބުނީ ރެފްރީގެ ވާހަކަ ދައްކަން އޭނާ ބޭނުންނުވާ ކަމަށާއި ބާސެލޯނާގެ ރޮނަލްޑް އަރައުހޯ އަށް 29 ވަނަ މިނެޓުގައި ރަތްކާޑު ނުދެއްކި ނަމަވެސް މޮޅުވާނެ ކަމުގެ ޔަގީންކަން އޭނާގެ ޓީމަށް އޮތް ކަމަށެވެ.
ލަމީން ޔަމާލްގެ މޮޅު ކުޅުމަކާއެކު އެމީހުން ޖެހި ގޯލަކީ ފުރަތަމަ މެޗުގެ މަންޒަރެއް ފަދަ ކަމެއް. އެކަމަކު އަހަރެންގެ ޓީމުގެ ދިޔައި ވަރަށް މަސައްކަތް ކުރަމުން. ދެ ޓީމުގައި 11 މީހުން ނިމެންދެން ތިބި ނަމަވެސް އަހަރުމެން މޮޅުވީސް. އަހަރުމެން އަބަދުވެސް ކުޅެމުންދިޔައީ މޮޅުވުމުގެ ރޫހުގައި. އަހަރުމެން ރަނގަޅަށް ކުޅެނިކޮށް އެ ރަތްކާޑު ދެއްކީ ވެސްއެންރީކޭ / ޕީއެސްޖީގެ ކޯޗު
އޭނާ އަދި ބުނީ އޭނާ އަށް އެއްގޮތަކަށް ވެސް މެޗު ކުޅެމުންދިޔައިރު ފުރަގަސް ނުފެންނަ ކަމަށާއި މިހެންވެ ރެފްރީ ދެއްކި ކާޑުތަކާމެދު ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އޭނާ މިހެން އިޝާރާތް ކުރީ ރެފްރީގެ ނިންމުންތަކާ ދެކޮޅު ހެދުމުން ބާސެލޯނާގެ ކޯޗު ޒަވީ އާއި ގޯލްކީޕަރު ކޯޗަށް ވެސް ރަތްކާޑު ދައްކާފައިވާތީ އެކަމާ ސުވާލު ކުރުމުންނެވެ.
އަހަރެންގެ ކޯޗުކަމުގައި އަހަރެން އިސްކަންދެނީ އަހަރެންނަށް ކޮންޓްރޯލްވާ ކަންކަމުގައި އުޅެން. ރެފްރީ ނިންމާ ނިންމުމެއް އަހަރެންނަށް ކޮންޓްރޯލެއް ނުވާނެއެންރީކޭ / ޕީއެސްޖީގެ ކޯޗު
ފުރަތަމަ ލެގުގައި 3-2އިން ބަލިވެފައި އޮއްވައި ދެ ވަނަ ލެގުގައި 4-1އިން މޮޅުވެ ޖުމުލަ ނަތީޖާއިން 6-4އިން މޮޅުވި މެޗާއި 2017 ވަނަ އަހަރު ބާސެލޯނާއިން ޕީއެސްޖީން 6-1އިން ބަލިވި މެޗުގެ ތަފާތު އެހުމުން އެންރީކޭ ބުނީ، ފުޓްބޯޅައިގައި އެންމެ އުފާވަނީ ސަޕޯޓަރުން އުފާކޮށްދެވުމުން ކަމަށެވެ. އަދި 2017 ވަނަ އަހަރު އޭނާ ކޯޗަށް ހުރެ ބާސެލޯނާގެ ސަޕޯޓަރުން އުފާކޮށްދެވުނު ފަދައިން ރޭ ޕީއެސްޖީގެ ސަޕޯޓަރުން އުފާވެފައި ތިބި މަންޒަރު ފެނުމުން މިހުރީ ނުހަނު އުފަލުން ކަމަށެވެ.
މުބާރާތުގެ ސެމި ފައިނަލުގައި ޕީއެސްޖީ ކުޅެން ޖެހޭނީ ރޭ އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވި ބޮރޫޝިޔާ ޑޯޓްމުންޑާ އެވެ.