ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 09:58
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ޓްވީޓަރ
ޕީއެސްޖީ - ބާސެލޯނާ
ލީޑު ލިބުނީތީ ބަލަހައްޓައިގެން ނުތިބޭނަން: ޒަވީ
ފަހުރުވެރިވެފައި އަހަރުމެން ބަލަހައްޓައިގެން ނުތިބޭނަން: ޒަވީ

ފުރަތަމަ ލެގުގައި ލީޑް ލިބިފައިވި ނަމަވެސް މިރޭ ކުޅޭ ކުއާޓާ ފައިނަލް މެޗުގައި ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ މިރޭ ނުކުންނާނީ ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށެވެ. މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި މިދިޔަ ހަފުތާގައި ކުޅުނު މެޗުން ބާސެލޯނާ މޮޅުވީ 3-2އިންނެވެ. މިހެންވެ ސެމީ ފައިނަލަށް ދިއުމުގެ އެޑްވާންޓޭޖް މިވަގުތު ބޮޑީ ބާސެލޯނާ އަށެވެ.

އެކަމާ ފަހުރުވެރިވެފައި އަހަރުމެން ބަލަހައްޓައިގެން ނުތިބޭނަން. އަހަރުމެންނަކީ އެފަދަ ޓީމެއްނޫން. އަހަރުމެން މަސައްކަތް ކުރާނީ ބޯޅަ ހޯދައިގެން އަހަރުމެންގެ ގޭމް ކުޅެން. އަހަރުމެންގެ ކޮންޓްރޯލް ދަނޑަށް މެޗު ގެނެސްގެން މޮޅުވެވޭނީ
ޒަވީ ހަނާންޑޭޒް / ބާސެލޯނާގެ ކޯޗު

އޭނާ ބުނީ މެޗު ކުރީ މެޗަށްވުރެ ހުރިހާ ގޮތަކުން ވެސް އުނދަގޫވާނެ ކަމަށެވެ.

މިއީ ޗެމްޕިއަންސް ލީގު. ކުރީ މެޗު ކުޅުނީ ޕެރިހުގައި. އެ މެޗަކީ ވެސް އުނދަގޫ މެޗެއް. އެކަމަކު ޕީއެސްޖީ އެމެޗުން ބަލިވެފައިވުމުން އެމީހުން އިތުރަށް މަސައްކަތް ކުރާނެ. އެއީ މޮޅު ކުޅުންތެރިން ގިނަ، މޮޅު ކޯޗަކު ހުރި ޓީމެއް. އެންރީކޭ އަށް ބާސެލޯނާ ވަރަށް ރަނގަޅަށް އެނގޭނެ
ޒަވީ ހަނާންޑޭޒް / ބާސެލޯނާގެ ކޯޗު

މި މެޗަށް ނުކުންނައިރު ކެޕްޓަން ސާޖިއޯ ރޮބާޓޯ އާއި ޑިފެންޑަރު އަންދްރޭސް ކްރިސްޓިއަންސެން އަށް ނުކުޅެވޭނެ އެވެ. ކްރިސްޓިއަންސެން އަކީ ކުރީ މެޗުގައި ބާސެލޯނާ މޮޅުވި ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. ޒަވީ ބުނީ ޓީމުގައި ބުރަކޮށް މަސައްކަތް ކުރާ ދެ ކުޅުންތެރިއަކު ނެތުމަކީ އުނދަގޫތަކެއް ދިމާވާނެ ކަމެއް ކަމަށާއި ނަމަވެސް މި މެޗުގައި ޕެޑްރީ ފަދަ ކުޅުންތެރިންނަށް ފުލްކޮށް ކުޅެވޭތީވެ އޭނާ އުފާކުރާ ކަމަށެވެ.

- ކޮމެންޓް