ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 04:47
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން
މެންޗެސްޓާ ސިޓީގެ ކުޅުންތެރިން
ގޫގުލް
މެންޗެސްޓާ ސިޓީ
އެއްވަނަ އަތުލަން ކުރެވެން އޮތީ މޮޅުވުން އެކަނި: ގާޑިއޯލާ
 
އާސެނަލް އާއި ލިވަޕޫލް މޮޅުވެއްޖެނަމަ ސިޓީ ވެއްޓޭނީ ތިނަކަށް

އިނގިރޭސި ޕްރެމިއާ ލީގުގެ އެއްވަނަ މަގާމު އަލުން އަތުލަން މެންޗެސްޓާ ސިޓީ އަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ބާކީ އޮތް ހަ މެޗު ކާމިޔާބު ކުރުން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ތިން އަހަރު ތަށި ހޯދައިދީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މި ތަށި ހޯދާ ފުރަތަމަ ޓީމަކީ ސިޓީ ކަމުގައި ހަދަން މަސައްކަތް ކުރަމުން އަންނަ ކޯޗު މިހެން ބުނީ ޓޭބަލުގެ 18 ވަނާގައިވާ ލުޓޮން 5-1އިން ބަލިކުރުމަށްފަހު އެވެ.

ލުޓޮންއިން ދެ ވަނަ މިނިޓްގައި ބައިކޮޅަށް ޖެހި ގޯލާއެކު ސިޓީން ވަނީ މަޓެއޯ ކޮވަސިޗާއި އާލިން ހާލަންޑް އަދި ޖެރެމީ ޑޮކޫ އާއި ޖަސްކޯ ގަވަރޑިއޯލްގެ ތަކުން ތަފާތު ބޮޑުކޮށްފަ އެވެ. މި މޮޅާއެކު ސިޓީ އެއްވަނާގައިވަނީ 73 ޕޮއިންޓާއެކުގަ އެވެ. އެކަމަކު މާދަމާ ލިވަޕޫލާއި އާސެނަލް ކުޅޭ މެޗުތަކުން މޮޅުވެއްޖެނަމަ ސިޓީ އޮންނާނީ ތިން ވަނާގަ އެވެ.

"އަހަރުމެން ކުޑަވަގުތުކޮޅަކަށް އެއްވަނަ އަށް މި ދިޔައީ. އެމީހުން (އާސެނަލް އާއި ލިވަޕޫލް) މާދަން ކުޅޭނެ. އެމީހުން މޮޅުވީމަ އަހަރުމެން އޮންނާނީ ފަހަތުގައި. މިވަގުތު އަހަރުމެންނަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ހަ މެޗުން ވެސް މޮޅުވުން،"
ގާޑިއޯލާ ބުންޏެވެ.

މި މެޗުގައި ސިޓީ ކުޅުނީ އެންމެ މުހިންމު މިޑްފީލްޑަރު ރޮޑްރީ ނުލަ އެވެ. އެއީ އޭނާ އަރާމުކުރަން ބޭނުންކަމަށްވުމުންނެވެ. މެޗަށް ފަހު ގާޑިއޯލާ ބުނީ ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅޭއިރު އަބަދު އެއްބަޔަކު ލައިގެން ނުކުޅެވޭނެ ކަމަށެވެ.

"އަބަދު އެއް ބަޔަކު ލައިގެން ނުކުޅެވޭނެ. އެއީ ވާނެ ކަމެއްނޫން. ރެއާލް މެޗުގައި ކުޅުނު އަކަންޖީ އާއި ރުބެން ޑިއާސް އަދި ގަވަޑިއޯލް ފަހަތުގައި މޮޅަށް ކުޅުނު. މި ޓީމުގައި ތައްޓަށް ވާދަކުރަން ގިނަ އަހަރުތަކެއްގައި ކުޅުމަކީ ލިބޭ ފަހުރެއް. މިރޭ އަހަރުމެން މި ކުޅުނީ އާއްމުކޮށް ނުކުޅޭ ބައެއް ކުޅުންތެރިންނާއެކު،"
ގާޑިއޯލާ ބުންޏެވެ.

އޭނާ އަދި ބުނީ ލުޓޮން ކޮޅަށް ފަސް ލަނޑު ޖެހި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ތެރެއިން ބޭނުން ނުކުރެވުނު ފުރުސަތުތައް ވެސް މަދު ނޫން ކަމަށެވެ.

ޓޭބަލުގެ 18 ވަނާގައި 25 ޕޮއިންޓާއެކު އޮތް ލުޓޮންގެ ކޯޗު ރޮބް އެޑްވަޑްސް ބުނީ ސިޓީގެ ތަރިންގެ ކުރިމަތީގައި އޭނާގެ ޓީމަށް ކުރެވެން އޮތްކަމެއްވިއްޔާ ކުރި ކަމަށެވެ. ނަމަވެސް ތަރިންގެ ޓީމެއް ހުއްޓުވުމުގެ ގާބިލްކަން އޭނާގެ ޓީމުގައި ނެތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް