ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 19:09
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު
ޕޮލިސް
ފުލުހުންގެ އޮޕަރޭޝަންތައް މިނިވަންވާންޖެހޭ
ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
 
އެސްއޯ ފުލުހުން އޮޕަރޭޝަނަށް ނެރެންވެއްޖެނަމަ އަންގަވާނެ ކަމަށް ރައީސް ވިދާޅުވެފައިވޭ
 
ފުލުހުންގެ އޮޕަރޭޝަންތަކަކީ މިނިވަންކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް ވާންޖެހޭ
 
އިންތިޚާބުވެފައިވާ މަގާމުތަކުގައި ތިބި މީހުން ފުލުހުންގެ އޮޕަރޭޝަންތަކަށް ހުރަސްއަޅާކަށް ނުޖެހޭނެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫންކަމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭގޮތުން އިރުޝާދު ދިނުމަކީ އިންތިޚާބުވެފައިވާ ރައީސްގެ އިމްތިޔާޒުގެ ބޭރުން އޮންނަ ކަމެއް ކަމަށެވެ.

އޮޕަރޭޝަނަލް އިންޑިޕެންޑެންސްގެ ކޮންސެޕްޓަށް އިޝާރާތްކުރައްވައި ހަމީދު ވިދާޅުވީ، އިންތިޚާބުވެފައިވާ މަގާމުތަކުގައި ތިބި މީހުން ފުލުހުންގެ އޮޕަރޭޝަންތަކަށް ހުރަސްއަޅަން ނުޖެހޭނެ ކަމަށާއި، ފުލުހުންގެ އޮޕަރޭޝަންތަކަކީ މިނިވަންކަމާއެކު ކުރިއަށްގެންދާ އޮޕަރޭޝަންތަކަށް ވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ މުއައްސަސާގެ މައްޗަށް ޒިންމާ އުފުލަނީ ކޮމިޝަނަރ އޮފް ޕޮލިސް ކަމަށާއި، އެގޮތުން އެތެރޭގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗަރތަކާއި ސިޔާސަތުތަކާއި އުސޫލުތަކުގެ އިތުރުން، ގާނޫނު އަސާސީއާއި ފުލުހުންގެ ގާނޫނާއި އެހެނިހެން ގާނޫނުތައް ވެސް ބުނަނީ އެގޮތަށް ކަމަށް ހަމީދު ވިދާޅުވިއެވެ.

ފުލުހުން ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅި މައްސަލައާ ގުޅިގެން ރައީސް މުއިއްޒު ވަނީ ވަރަށް ބޮޑަށް ފުލުހުން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ މިމައްސަލަ ތަހުގީގުކުރާނެ ކަމަށާއި، އިންސްޓްރަކްޝަނާ ޚިލާފަށް އަމަލުކުރި ފުލުހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިދާޅުވީ އެސްއޯ ފުލުހުން އޮޕަރޭޝަނަށް ނެރެންވެއްޖެނަމަ އެމަނިކުފާނު އަންގަވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދެ ގްރޫޕެއްގެ ދެމެދުގައި ހިންގަން އުޅުނު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ބަންދުކޮށްފި
ލޯންޗެއްގައި އެކަނި މާލެ އައި ފިރިހެން ކުއްޖާއާއި އެކުއްޖާއާ އެކު ފިލި އަންހެން ކުއްޖާ އާއިލާއާ ހަވާލުކޮށްފި
އައްޑޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އެމްވީ ކޯލް ގާލްސްގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް އަތުލައިގެންފި
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު