ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 12:31
ކުރީގެ ރައީސް ޔާމީން ޕީއެންއެފަށް ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ކުރީގެ ރައީސް ޔާމީން ޕީއެންއެފަށް ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ޕީއެންއެފް ޖަލްސާ ފަސްކުރުން
ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ ފަސްކޮށްފި
 
ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ
 
ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އީސީން ދީފައިވަނީ 4 އޭޕްރީލްގައި
 
‏ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަމެއް ނުލިބޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ފަސްކޮށްފިއެވެ.

މި ޖަލްސާ ކުރިން ބާއްވަން ނިންމާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ނަމަވެސް މިހާރު ޖަލްސާ ބާއްވަން ނިންމާފައިވަނީ 9 އޭޕްރީލް 2024 ވާ އަންގާރަ ދުވަހުގެރޭ 9:15 ޣިޔާޘުއްދީން ސްކޫލް ހޯލްގައެވެ.

ޖަލްސާ ފަސްކުރުމާއި ގުޅޭގޮތުން ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ރާއްޖެއެމްވީއަށް ވިދާޅުވީ، ‏ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ ފަސްކުރެއްވީ ކަމަށެވެ. އަދި މިޖަލްސާގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ޕީއެންއެފް ނުހުއްޓުވޭނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ޕީއެންއެފް އުފެއްދުމަށް ހުށަހެޅި 3000 ފޯމު ސައްހަ ކަމަށް ބަލައި ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފައިވަނީ 4 އޭޕްރީލް 2024 ވީ ބުރާސްފަތި ދުވަހުއެވެ. ޔާމީން އިސްނަންގަވައިގެން އުފައްދަވާ މި ޕާޓީ އުފައްދަން ބައްދަލުވުން ބާއްވަން ހުއްދަ ދިނީ އެ މަނިކުފާނުގެ ދަރިކަލުން ޒެއިން ޔާމީން އަބްދުލްގައްޔޫމަށެވެ.

ޕީޕީއެމް-ޕީއެންސީ ވެރިކަމާ ހަވާލުވިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ.

ޔާމީން އަދިވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. މިދިޔަ ސަރުކާރުގެ ފަހުކޮޅު ޔާމީންގެ ބަންދަށް ބޮޑެތި ލުއިތަކެއް ދީ، ގޭބަންދަށް ވަނީ ބަދަލުކޮށްފައެވެ. އޭގެފަހުން ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް