ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 17:37
މާލެސިޓީ ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން
މާލެސިޓީ ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން
މާލޭ ސިޓީ ކައުންސިލް
ފިތުރު އީދު ދުވަހުގެ ހަރަކާތްތައް
ފިތުރު އީދު ދުވަހު ގިނަ ހަރަކާތްތަކެއް، ހަވީރު 4:00ން 6:00ށް ވެހިކަލް ދުއްވުން މަނާ
ރޭގަނޑު 10:30 ގައި ހަވާއެރުވުން އޮންނާނެ
އީދު ދުވަހުގެ 7:30 ގައި އެކުވެނި ޓްރެކްގައި އީދު ސައި އަދި ޑަބްލިއުޑީސީއިން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން ކުރިއަށްދާނެ
ކަލަންޑަރުގައި ބުނާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަސް

ފިތުރު އީދު ދުވަހު މާލެސިޓީގައި ހިނގާފައި އުޅޭ ވަގުތު މާލެސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

އާދިއްތަ ދުވަހު ކައުންސިލުން ބުނީ މާލޭގައި ހިނގާފައި އުޅޭ ވަގުުތަކުގެ ގޮތުގައި ހަމަޖެއްސީ އީދު ދުވަހުގެ ހަވީރު 4:00ން 6:00ށެވެ. މީގެ ކުރީ އަހަރުތަކުގައި ވެސް އީދު ދުވަހު ހިނގާފައި އުޅޭ ބައެއް ވަގުތުތައް ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން އީދު ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް މާލެސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން އީދު ދުވަހުގެ 7:30 ގައި އެކުވެނި ޓްރެކްގައި އީދު ސައި އަދި ޑަބްލިއުޑީސީއިން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުމާއި، ހެނދުނު 9:30 ގައި ރަސްފަންނުގައި ފެންކުޅި ބޭއްވުމާއި، ހަވީރު 4:00 ގައި އޮލިމްޕަހުން އާޓިފިޝަލް ބީޗަށް ބޮޑުމަސް މާލި ޕެރޭޑު ބޭއްވުމާއި، ހަވީރު 4:00ން 6:00ށް ސަގާފީ ހިނގުމާއި ކުޅިވަރު މާފަންނުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އާޓިފިޝަލް ބީޗްގައި ރޭގަނޑު 8:30 ހަރަކާތްތައް ފެށިގެންދާއިރު، ރޭގަނޑު 10:30 ގައި ހަވާއެރުވުން އޮންނާނެއެވެ.

ކަލަންޑަރުގައި ބުނާ ގޮތުގައި މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ބުދަ ދުވަހެވެ.

އީދު ދުވަހަށް ތައްޔާރުވުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ދަނީ މާލެސިޓީ ޒީނަތްތެރި ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

- ކޮމެންޓް