ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 09:04
ކެވިން ޑި ބްރޭނާ
ކެވިން ޑި ބްރޭނާ
ގޫގުލް
ކެވިން ޑި ބްރޭނާ
100 ގޯލާއި 158 އެސިސްޓް، ޑި ބްރޭނާ ވަރެއްނެތް
 
އޭނާ އަކީ ސިޓީގެ ތާރީހުގައި ވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާ: ގާޑިއޯލާ

ކްރިސްޓަލް ޕެލަސް އަތުން ރޭ 4-2އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގެ ތަރިއަކީ ކެޕްޓަން ކެވިން ޑި ބްރޭނާ އެވެ.

އާލިން ހާލަންޑާއި ރިކޯ ލެވިސް ގޯލު ޖެހި ނަމަވެސް ޑި ބްރޭނާ ޖެހި ދެ ވަނަ ގޯލަކީ ސިޓީ އަށް އޭނާ ޖަހައިދިން 100 ވަނަ ގޯލެވެ. އޭނާ ވަނީ 158 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

މެޗަށް ފަހު ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބެލްޖިއަމްގެ ވައިސް ކެޕްޓަނަށް ހިފެހެއްޓުމެއްނެތި ތައުރީފް ކޮށްފަ އެވެ.

އަހަރުމެން މި މެޗުން މޮޅު ނުވީސް އޭނާގެ މޮޅަށް ނުކުޅުނުނަމަ. އޭނާ ގޯލު ޖަހައި ގޯލު ޖަހަން މަގު ފަހިކޮށްދޭ. ޓީމު ލައްވައި ކުޅުވައިދޭ. ހަގީގީ މެޗު ވިނާ އަކީ އޭނާ
ގާޑިއޯލް

އިތުރަށް އޭނާ ބުނީ ޑި ބްރޭނާ 100 ގޯލުން ދައްކައިދެނީ ސިޓީގައި ހޭދަކުރި އަހަރުތަކުގެ ކާމިޔާބީ ކަމަށެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ކެވިން ޑި ބްރޭނާ - ރޮއިޓާސް
އަހަރެންނަކަށް ނޭނގެ އޭނާ ބޭނުންވަނީ ގޯލު ޖަހަން ކަމެއް. ގޯލު ޖަހަން އެހީތެރިވާން ކަމެއް. އެކަމަކު އޭނާ އަހަރުމެން ބޭނުންވާ ނަތީޖާ އެބަނެރެދޭ. ނުވަ އަހަރުން އޭނާ 100 ގޯލު ޖެހުމުން އެއީ ވަރަށް ފުރިހަމަ ކާމިޔާބީއެއް. އޭނާ އަކީ ސިޓީގެ ތާރީހުގައި ވެސް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ
ގާޑިއޯލާ

މި ސީޒަނުގެ ކުރީކޮޅު ފަސް މަސް ދުވަހު އަނިޔާގެ ސަބަބުން ނުކުޅެހުރި މިޑްފީލްޑަރު މިހާރު ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަން ވެސް ގާޑިއޯލާ ފާހަގަ ކުރި އެވެ.

އަހަރެން އޭނާ ދެކެން ޕްރެކްޓިހުގައި، ޗޭންޖިން ރޫމުގައި، ބަސް ސްޓޭޝަނުގައި. ދަނޑުމަތީގައި، އަދި ބައެއް ގާޑިތަކުގައި ވެސް. ކުޅުންތެރިޔާގެ ބޮޑީ ލޭންޖްވޭޖުން ބުނެދޭނެ އޭނާގެ ވިސްނުން ހުންނަ ގޮތް. އަބަދުވެސް ވަރަށް އުފާވެރިކޮށް، މަޖާކޮށް އޭނާ އުޅެނީ. އެ ފެންނަނީ އޭނާ މޮޅަށް ކުޅޭ ސަބަބު
ގާޑިއޯލާ

އުމުރުން މިހާރު 32 އަހަރުގެ މިޑްފީލްޑަރު ސިޓީ އަށް ބަދަލުވީ 205 ވަނަ އަހަރު އެވެ. އޭނާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް 99 މެޗުން 26 ގޯލު ޖަހައިދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް