ކ. މާލެ
|
7 އޭޕްރިލް 2024 | އާދީއްތަ 08:56
ބަޔާން މިއުނިކްގެ ކޯޗު ޓުޗެލް
ބަޔާން މިއުނިކްގެ ކޯޗު ޓުޗެލް
ގޫގުލް
ބަޔާން މިއުނިކް
ޓުޗެލް އަށް ދޭނެ ޖަވާބެއް ނޭނގުނު؟
 
ދެވަނަ ހާފުގައި އުޅުނީ ބޯޅަ ކުޅޭކަށްނޫން: ޓުޗެލް

ބަޔާން މިއުނިކް ޖެހިޖެހިގެން ދެ ވަނަ މެޗުން ބަލިވެ، ކޯޗު ތޯމަސް ޓުޗެލް އަށް ނޫސްވެރިންނަށް ދޭނެ ޖަވާބެއް ނޭނގި ބަސްހުއްޓިއްޖެ އެވެ.

ލީގުގައި ބަޔާން ރޭ ބަލިވީ ހެއިޑެންހެއިމް އަތުން 3-2އިންނެވެ. މެޗު އިންޓަވަލް އަށް ދިޔައީ ހެރީކޭން އާއި ސާގޭ ގެނޭބްރީ ޖެހި ގޯޅުން ބަޔާން ކުރީގައި އޮވެގެންނެވެ. އެކަމަކު ކޯޗު ޓުޗެލް ބުނީ ފަހު ހާފުގެ ފުރަތަމް 15 މިނެޓު ތެރޭގައި މުޅި މެޗު އަތުން ދޫވެއްޖެ ކަމަށެވެ.

ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިގެން އަހަރުމެން ބިނާކުރި މެޗު އަތުން ދޫވީ ފަހު ހާފުގެ 15 މިނެޓު ތެރޭގައި. ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުން ފެށިގެން އަހަރުމެން ފުޓްބޯޅަ ކުޅުން ހުއްޓާލައިފައި ކުރީ މުޅީ އެހެން ކަމެއް. ފުރަތަމަ ހާފުގައި ކުރި އެއްވެސް ކަމެއް ފަހުހާފުގައި ނުކުރޭ
ޓުޗެލް

މި ބައްޔަކީ މި ހަފުތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތުގެ އާސެނަލްއާ ދެކޮޅަށް ކުޅެންޖެހޭ މެޗުގެ ކުރިން ކުރިމަތިވި ކިހާބޮޑު ގޮންޖެމެއްތޯ އެހުމުން ޓުޗެލް ބުނީ ބަޔާނަށް އެއް ފެންވަރެއްގައި މެޗުތަކާމެދު ވިސްނުން ނުބެހެއްޓޭ ކަމަށެވެ.

އެއީ އެންމެ ބޮޑު މައްސަލަ. ދެމެހެއްޓެނިވި ގޮތެއްގައި މެޗުތަކާމެދު ސަމާލުކަން ނުދެވޭ. އަހަރެން އިތުރަށް ބުނާނެ ވާހަކައެއްނެތް
ޓުޗެލް

އޭނާ ބުނީ ހެއިޑެންހެއިމް އިން ދެ ވަނަ ހާފުގައި ކުޅުމުގެ ސްޓައިލް ބަދަލުކޮށް ދެ ފޯވަޑުން ލައިގެން ކުޅޭނެ ވާހަކަ އިންޓަވަލް ގަޑީގައި ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށެވެ.

އެއީ އަހަރެން ވެސް ކުރި ކަމެއް. އަދި އެމީހުން އެ ސްޓައިލަށް ވަނީ ކުޅެފައި. އިންޓަވަލް ގަޑީގައި މިވާހަކަ ވަރަށް ގިނައިން ދެއްކިން. އެކަމަކު އެކަމާމެދު ފަރުވާތެރި ނުވެވުމުން މި ލިބުނީ ދެރަ ނަތީޖާއެއް
ޓުޗެލް

މި ބައްޔާއެކު ބަޔާން ޓޭބަލުގެ ދެ ވަނައިގައިވަނީ 28 މެޗުން 60 ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަނައިގައިވާ ބަޔާން ލެވަކޫސަންއަށްވުރެ 16 ޕޮއިންޓް މަދު އަދަދެކެކެވެ. ހެއިޑެންހެއިމް އޮތީ 33 ޕޮއިންޓާއެކު 10 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް