ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ލ އަތޮޅުން ފެށިގެން ގއ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހުގެ ރޭ މެންދަމު 2 ޖެހުމާ ހަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމުގައެވެ.
އެ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.