ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 17:55
ފެންއަރުވާ ވަޑާން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ފެންއަރުވާ ވަޑާން މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ޓްވީޓަރ
ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން
ރޯދަމަހަށް ހުޅުވުމަށް މަސައްކަތްކުރި ފެންއަރުވާ ވަޑާން އީދަށް ހުޅުވަނީ
 
މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ
 
ފެންއަރުވާ ވަޑާން މަރާމަތުކުރަނީ ބައެއް ބަދަލުތައް ގެނެސްގެން
 
މި މަސައްކަތް ކުރަމުންދަނީ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް، ހުޅުވާނެ އެހެން ތާރީޚެއް ސަރުކާރުން ދީފިއެވެ.

މި މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސީއެސްއާރުގެ ދަށުންނެވެ.

މި މަސައްކަތާ ގުޅޭގޮތުން ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހަލާކުވެ، ވީރާނާވެފައިވާ ފެން އަރުވާ ވަޑާން މަރާމާތުކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ފިތުރު އީދަށް ހުޅުވާނެ ކަމަށެވެ. އަދި ފެންއަރުވާ ވަޑާން މަރާމާތުކުރަނީ ބައެއް ބަދަލުތައް ގެނެސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފިތުރު އީދަށް ހުޅުމަށް މަސައްކަތް ކުރަމުންދާއިރު 20 ޖެނުއަރީ 2024ގައި މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ރޯދައަށް އެތަން ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ފިތުރު އީދަށް ފެން އަރުވާ ވަޑާން ހުޅުވުމުގެ މަސައްކަތް ކުރާއިރު، މާލެސިޓީގެ މަގުތައް ވެސް ދަނީ ޒީނަތްތެރި ކުރަމުންނެވެ.

ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަން 50ގެ މުނާސަބަތުގައި ހެދި ތަނެކެވެ. މިއީ މިއުޒިކާ އެކުގައި ފެން އަރާގޮތަށް ފަރުމާކޮށްފައިވާ "މިއުޒިކަލް ފައުންޓެއިން" އެކެވެ. އެތަން ނުބެލެހެއްޓި އެތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް