ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 19:47
ލެސްޓާގެ ފޯވާޑް ރިޔާދް މަހްރޭޒް
ލެސްޓާގެ ފޯވާޑް ރިޔާދް މަހްރޭޒް
ގޫގުލް
ރިޔާދް މަހްރޭޒް
މަހްރޭޒް ހޯދުމަށް ރޯމާ އިން 35 މިލިއަން ޔޫރޯ ހުށަހަޅައިފި
މަހްރޭޒް ހޯދުމަށް އާސެނަލް އަދި ޖަރުމަންގެ ކްލަބްތަކުންވެސް އަންނަނީ މަސައްކަތްކުރަމުން
ރިޕޯޓްތައް ބުނާގޮތުން ޓްރާންސްފާއާ ބެހޭގޮތުން މަހްރޭޒްގެ އެޖެންޓް ވަނީ ރޯމާއާ މަޝްވަރާކޮށްފައި

ލެސްޓާ ސިޓީގެ އެޓޭކާ ރިޔާދް މަހްރޭޒް ހޯދުމަށް އޭއެސް ރޯމާ އިން 35 މިލިއަން ޔޫރޯ ހުށަހަޅާފައިވާ  ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން މަހްރޭޒް 40 މިލިއަން ޔޫރޯ އަށް ވިއްކާލުމަށް ލެސްޓާ އޮތީ ތައްޔާރަށެވެ. އެހެން ނަމަވެސް ރޯމާ އިން ހުށަހެޅީ ފަސް މިލިއަން ޔޫރޯ މަދުންނެވެ.

ރިޕޯޓްތައް ބުނާގޮތުން ޓްރާންސްފާއާ ބެހޭގޮތުން މަހްރޭޒްގެ އެޖެންޓް ވަނީ ރޯމާއާ މަޝްވަރާކޮށްފައެވެ. މީގެއިތުރުން މަހްރޭޒް ރޯމާ އަށް ބަދަލުވާން ބޭނުންވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރޯމާގެ އިތުރުން މަހްރޭޒް ހޯދުމަށް އާސެނަލް އަދި ޖަރުމަންގެ ކްލަބްތަކުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޖެނުއަރީ ޓްރާންސްފާގައި ވެސް އެ ކްލަބުތަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އުމުރުން 26 އަހަރުގެ މަހްރޭޒް ވިދާލީ ލެސްޓާއިންނެވެ. އޭނާ ވަނީ ލެސްޓާ އަށް މިހާތަނަށް ކުޅުނު 138 މެޗުގައި 35 ލަނޑު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ އަލްޖީރިއާ ގައުމީ ޓީމުގައި ހިމެނި އެޓީމަށް މިހާތަނަށް ކުޅުނު 30 މެޗުގައި 8 ލަނޑު  ކާމިޔާބު ކޮށްފައެވެ.

މަހްރޭޒް ވަނީ ލެސްޓާއާ އެކު 2015 ވަނަ އަހަރުގެ ސީޒަނުގައި ލެސްޓާއަށް ޕްރިމިއާ ލީގު ހޯދައިދިނުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ އެ އަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ، ލެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާ، އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޕްރިމިއާ ލިގުގެ ސަޕޯޓަރުން މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް