ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 12:16
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ (ކ) ވާހަކަ ދައްކަނީ
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ (ކ) ވާހަކަ ދައްކަނީ
ގޫގުލް
ޕެޕް ގާޑިއޯލާ
ދަނޑުމަތީގައި ގްރީލިޝްއާ ދިމާކޮށްލީ ކެމެރާތައް ހިތްހަމަޖައްސައިދޭން: ގާޑިއޯލާ
 
ޓީމުގެ އެންމެ މަޝްހޫރު މީހަކީ އަހަރެން: ގާޑިއޯލާ

އާސެނަލް އަތުން މޮޅުނުވެވުނު މެޗަށް ފަހު ދަނޑުމަތީގައި ޖެކް ގްރީލިޝްއާ ދިމާކޮށްލީ ކެމެރާތައް ހިތްހަމަޖައްސައިދޭން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ގާޑިއޯލާގެ އަމަލުތަކަށް މީޑިޔާތަކުންނާއި ކުރީގެ ބައެއް ކުޅުންތެރިން ފާޑުކިޔަން ފެށުމުންނެވެ.

މެޗު އެއްވަރުވުން، އެއްވަނާގައިވާ ލިވަޕޫލަށްވުރެ ތިން ޕޮއިންޓް މަދުވެ، ޓޭބަލުގެ ތިން ވަނަ އަށް ވެއްޓުނު މެޗަށް ފަހު ގާޑިއޯލާ ވަނީ ދަނޑަށް އަރައި ގްރީލިޝްގެ މިސްޓޭކްތައް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކައިފަ އެވެ.

އަހަރެން އެކަން ކުރީ ކެމެރާތަކަށް، ސަބަބަކީ މި ޓީމުގެ އެންމެ މަޝްހޫރު ސްޓާރަކީ އަހަރެން ކަމަށްވާތީވެ. އެވަރިހަމަ އާލިން ހާލަންޑް ހެޓްރިކް ހެދިކަމުގައިވިޔަސް. އޭނާ ހެޓްރިކް ހެދި މެޗުގައި ބޭލުމުން ވެސް ކެމެރާތައް އަމާޒުކުރީ އަހަރެންނަށް. އެހެންވީމާ މިހާރު ކެމެރާތައް ހިތްހަމަޖެހޭނެ. އެމީހުން ދައްކާނެ ވާހަކަތައް ހުންނާނެ
ގާޑިއޯލާ

އޭނާ އަދި ބުނީ ކުޅުންތެރިން މާބޮޑަށް ގޯސްކޮށް ކުޅުމުން އެކަން ދަނޑުމަތީގައި ދެއްކުމަކީ އޭނާ ކުރާހިތްވާ ކަމެއް ކަމަށާއި އެކަން ކުރަނީ ސަބަބަކަށްޓަކައި ކަމަށެވެ.

ނަމަވެސް ގާޑިއޯލާގެ މި އަމަލަކީ އާއްމުކޮށް އޭނާގެ ފަރާތުން ފެންނަ މަންޒަރެއްނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ އަކީ ދަނޑަށް އަރައި ކުޅުންތެރިންނާ ވަރަށް ރަނގަޅަށް މުއާމަލާތްކުރާ ކޯޗެވެ.

މި މެޗު އެއްވަރުވުމުން ތަށި ދިފާއުކުރުމުގެ އަމިއްލަ ބާރު ސިޓީއަށް ގެއްލުނުކަމަށް ގާޑިއޯލާ އެއްބަސްވި އެވެ. ޕްރެމިއާ ލީގުގެ ކުރީގެ ކުޅުންތެރިންނާއި ތަޖުރިބާކާރު ކޯޗުން ބުނަމުންދަނީ އެންމެންގެ ކުރިމަތީގައި ގްރީލިޝްއާ ދިމާކޮށްލުމުގެ ބަދަލުގައި  ޗޭންޖިން ރޫމަށް ގޮސް ކުޅުންތެރިޔާއާ ބޭނުންގޮތަކަށް ވާހަކަދެއްކުން މާބޮޑަށް ވެސް ރަނގަޅު ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ބުނަނީ މިއީ ގާޑިއޯލާ އާއި ގްރީލިޝްގެ ގުޅުން ގޯސްވާނެ ކަމެއް ކަމަށާއި ކުޅުންތެރިޔާ ސިޓީގައި ދެމިހުރުން ދުރުވެދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް