ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 15:28
ސްޕޯޓިންގެ ކޯޗު ރުބެން އަމޮރިމް
ސްޕޯޓިންގެ ކޯޗު ރުބެން އަމޮރިމް
ގޫގުލް
ރުބެން އަމޮރިމް
ލިވަޕޫލަށް ދާން އުޅޭ ވާހަކަ އަމޮރިމް ދޮގުކޮށްފި
 
މީޑިއާތަކުން ބުނަނީ އޭނާގެ ބަދަލުގައި ގެންނާނެ ކޯޗު ވެސް ކަނޑައަޅައިފި ކަމަށް

މި ސީޒަނަށް ފަހު ލިވަޕޫލާ ހަވާލުވާން އުޅޭ ވާހަކަ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް ދޮގުކޮށްފިއެވެ.

އޭނާ މިފަދައިން ވާހަކަ ދައްކަމުން ބުނީ މިވަގުތު އިސްކަންދެނީ ޕޯޗުގަލް ލީގު ސްޕޯޓިން، ލިޒްބަނަށް ހޯދައިދޭން ކަމަށެވެ.

ކުޅުންތެރިންނަށް އެނގޭނެ އަހަރެން އެމީހުންނާއެކު ކާމިޔާބު ހޯދަން ބޭނުންވާ ވަރު. އަހަރެންނަކީ ސްޕޯޓިން ކޯޗު. ސްޕޯޓިންގެ ކޯޗު. ހަމައެކަނި ސްޕޯޓިންގެ ކޯޗު. މިކަމާމެދު ޝައްކެއްނެތް.
އަމޮރިމް ބުންޏެވެ.

އުމުރުން 39 އަހަރުގެ ޒުވާން ކޯޗު ބުނީ އޭނާ އެންމެ ކަންބޮޑުވަނީ ސްޕޯޓިންއިން އޭނާގެ ބަދަލުގައި އާކޯޗެއް ހޯދައިފިކަމަށް ވާހަކަދެކެވޭތީ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާގެ ބަދަލުގައި ސްޕޯޓިންއަށް ގެންނަ ކޯޗަކީ 37 އަހަރުގެ އިނގިރޭސި ކޯޗު އެންތަނީ ބެރީއެވެ. އޭނާއަކީ ބަޔާން މިއުނިކާއި ޕޯޗުގަލް ގައުމީ ޓީމުގެ ވެސް އެސިސްޓެންޓް ކޯޗެވެ.

އަހަރެން ހަމައެކަނި ކަންބޮޑުވާ ކަމަކީ އެއީ. އަހަރެން މިކަމާ ސުވާލުކުރާ އެންމެން ގާތުގަ ވެސް ބުނިން، ހަމަޖެހިގެން މަޑުން ތިބޭށޭ. ހާސްވާންޖެހޭވަރު ކަމެއް ނުވެއޭ.
އަމޮރިމް ބުންޏެވެ.

އަމޮރިމް ލިވަޕޫލަށް ގެންދާ ވާހަކަ ދެކެވެމުންދަނީ އޭނާ ކުޅުވާ އެޓޭކިން ސްޓައިލްގެ ސަބަބުންނެވެ. ސްޕޯޓިންގައި ހޭދަވީ ހަތަރު އަހަރުގެތެރޭގައި އޭނާ ވަނީ ދެ ފަހަރު ޕޯޗުގަލް ކަޕް ކާމިޔާބުކޮށް އެއް ފަހަރު ލީގު ޗެމްޕިއަންކަން ހޯދައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް