ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 21:28
އައިޑީ ކާޑު
އައިޑީ ކާޑު
މިހާރު
އައިޑީ ކާޑުގެ ޚިދުމަތް
ބަންދު ދުވަސްތަކުގައި އިމަޖެންސީ ހާލަތްތަކުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭނެ: ޑީއެންއާރު
ކުއްލި ހާލަތެއް މެދުވެރިވެގެން ޚިދުމަތެއް ބޭނުންވެއްޖެނަމަ 7280368 އާ ގުޅުމަށް އެދިފައިވޭ

ރޯދަމަހުގެ ފަހުދިހައިގައި ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައިވެސް އިމަޖެންސީ ޙާލަތްތަކުގައި އައިޑީ ކާޑާ ގުޅުން ހުރި ޚިދުމަތްތައް ދޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓަރޭޝަން (ޑީއެންއާރް)ން ބުނެފިއެވެ.

ޑީއެންއާރުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބަންދު ދުވަސްތަކުގައި، ކުއްލި ޙާލަތެއް މެދުވެރިވެގެން ޚިދުމަތެއް ބޭނުންވެއްޖެނަމަ 7280368 އާ ގުޅުމަށެވެ.

ރޯދަ މަހު އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދެމުންގޮސްފައިވަނީ ހެނދުނު 9:15 އިން 11:30އަށެވެ.

ރޯދަމަހުގެ ފަހު 10ގައި ސަރުކާރު ބަންދުކުރި ނަމަވެސް ޑީއެންއާރުން ތިން ދުވަހެއްގައި ޚިދުމަތް ދޭނެ ކަމަށް އެއިދާރާއިން ބުނެއެވެ. އެއީ އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހުގެ އިތުރުން ޖެހިގެން އަންނަ ހަފުތާގެ ހޯމަ ދުވަހެވެ.

- ކޮމެންޓް