ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 13:56
ބާޒާރުގެ ކަންކަން އިންތިޒާމު ކޮށްފައި ހުންނަނީ، އެކި ޒާތްޒާތުގެ ކާބޯތަކެތިވެސް ލިބޭ ގޮތަށް
ސޫޤް އަލް-މޫސުމީ
ސަޢޫދީގެ ވިޔަފާރި ޘަޤާފަތުގެ ދަންމަރު، "ސޫޤް އަލް-މޫސުމީ" އަކީ ކޮބައިކަން އެނގޭތަ؟
 
ސަޢޫދީގެ ރަމަޟާން ޘަޤާފަތް އެންމެ ފުރިހަމައަށް ދައްކުވައިދޭ ދީރިޔާ މޫސުމީ ބާޒާރު ކުރިއަށް ދަނީ ޘަޤާފީ އަދި ތާރީޚީ ގޮތުން އަގުހުރި ތަރިކަތަކެއް އެ ތަނެއްގައި ވާ ތުރާއިފުގައި
 
"ސޫޤް އަލް-މޫސުމީ"އަށް ވަދެ، ސަޢޫދީގެ ޘަޤާފަތާއި ތާރީޚާ ގުޅިފައިވާ އެތައް ކަމެއް އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު، ރަމަޟާން މަހު އޮންނަނީ ހިލޭ ސާބަހަށް

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ސަޢޫދީ އަށް ދަތުރުކުރާ މީހުންނަށް، "ސޫޤް އަލް-މޫސުމީ"އަކީ އައު ނަމަކަށް ނުވާނެއެވެ. ނަމުންވެސް ދޭހަކޮށްދޭ ފަދައިން މި ބާޒާރަކީ ވަކި މޫސުމަކަށް ހާއްސަކޮށްގެން ސައުދީގައި ބާއްވަމުން ހުއްސާ ތާރީޚީ ބާޒާރެކެވެ. ބާޒާރު އޮންނަނީ ސަޢުދީގެ ތާރީޚާއި ގުޅިފައި އޮންނަ ޤަދީމީ ރަށެއް ކަމަށް ވާ ދީރިޔާގަ އެވެ.

ބާޒާރުގެ ކަންކަން ފަރުމާކޮށް، އިންތިޒާމް ކޮށްފައި ވަނީ ޢާއިލާތައް އެކުގައި އެ ތަނަށް ޒިޔާރަތްކޮށް، އުފާވު ހޭދަ ކުރެވޭ ގޮތަށެވެ. އެކި ކަހަލަ އަލިތަކުން ރޭގަނޑަށް އިތުރަށް ފުރިހަމަ ކަމެއް ގެނެސްދޭ ދީރިޔާ ބާޒާރުގެ ތަސްވީރުތައް ބަލައިލި މީހެއްގެ ހިތަށްވެސް ހަމަޖެހުމާއި އުވެރިކަން ގެނެސްދެއެވެ.

މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސަގާފީ ބާޒާރު ފެށީ މާޗް 11 ވީ ހޯމަ ދުވަހުއެވެ. އޭޕްރީލް 11 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. ހާމަކަން ބޮޑު ބިމެއްގައި ކުރިއަށް ގެންދާ ސޫޤު ބާޒާރަކީ ވިޔަފާރި ކޮށްގެން ހިތަށް ހަމަޖެހުމާއި އުފާވެރިކަން ހޯދަން ބޭނުންވާ މީހުންނަށް އެންމެ އެކަށީގެންވާ އެއް މަންޒިލްއެވެ. ބާޒާރުގެ ކަންކަން އިންތިޒާމު ކޮށްފައި ހުންނަނީ، އެކި ޒާތްޒާތުގެ ކާބޯތަކެތިވެސް ލިބޭ ގޮތަށެވެ.

"ސޫޤް އަލް-މޫސުމީ"އަށް ވަދެ، ސަޢޫދީގެ ޘަޤާފަތާއި ތާރީޚާ ގުޅިފައިވާ އެތައް ކަމެއް އެއްތަނަކުން ތަޖުރިބާކޮށްލުމުގެ ފުރުޞަތު، ރަމަޟާން މަހު އޮންނަނީ ހިލޭ ސާބަހަށެވެ. މޫސުމީ ބާޒާރު ކުރިއަށްދާ ސަރަޙައްދަށް ވަނުމަށް ވަކި ޓިކެޓެއް ގަންނަން ނުޖެހުނު ކަމުގައި ވިއަސް، ތަންތަން ބަލާ ދިރާސާކޮށް ހަދަން ބޭނުންވާ މީހުންނަށް، އެކަމަށް ހާއްސަ ވެބްސައިޓެއް މެދުވެރުކޮށް، ޓިކެޓް ލޮގް ކުރެވެއެވެ.

ބައިވަރު މީހުން އެބަ ޒިޔާރަތް ކުރޭ މާތް ﷲ އެމީހުންނަށް ރައްކާތެރިކަން ވެއްދާށީ. ރަމަޟާން މަހު ހިންގާ މިކަހަލަ ކަންކަމުގަ ބައިވެރިވެލުމަކީ، ރަމަޟާން މަހުގެ ރޫޙަށް އިތުރު އުފަލެއް ގެނެސްދޭ ކަމެވެ. ޘަޤާފީ އެއްޗެހި ހަދަން ދަސްވާނެ. މީ ވަކި ހިސާބަކުން ހުއްޓެންޖެހޭ ޘަޤާފަތެއް ނޫން. ކުރިއަށް ގޮސް، މީހުންނަށް އެބަޖެހޭ މިކަންކަން އެނގެންވެސް.
ޢަބްދުއްރަޙްމާން އަލް-ސާއިޣް؛ ބާޒާރުގެ ބައިވެރިއެއް

ސަޢޫދީގެ ރަމަޟާން ޘަޤާފަތް އެންމެ ފުރިހަމައަށް ދައްކުވައިދޭ ދީރިޔާ މޫސުމީ ބާޒާރު ކުރިއަށް ދަނީ ޘަޤާފީ އަދި ތާރީޚީ ގޮތުން އަގުހުރި ތަރިކަތަކެއް އެ ތަނެއްގައި ވާ ތުރާއިފުގައެވެ. ޘަޤާފީ ތަރިކަތަކާއި ޘަޤާފަތަށް ޢަމާޒުކޮށްގެން އުފައްދާފައިވާ މި މާރުކޭޓުގައި މޫސުމީ އަދި ދޭސީ ތާޒާ އުފެއްދުންތަކާއި، އަތްތެރި މަސައްކަތުގެ ސާމާނުތަކާއި އެފަދަ އެތައް ސްޓޯލެއް ސޫޤު ބާޒާރުގައި ހުރެއެވެ.

މީގެ އެތައް އަހަރެއް ކުރިން މީހުން އުޅުނު ގޮތް އެނގިފަ އޮތުން ވަރަށް މުހިންމު، އެއީ ވިލާތުގަ މީހުން އުޅުނު ގޮތާ ވަރަށް ތަފާތު ގޮތަކަށް ވާތީ. އެކަމަކު، އެއީ ކިހިނެއް އޮންނަ ކަންތައްތަކެއްކަން އެބަ ޖެހޭ އެނގެން. އެޒަމާނުގަ މީހުން މަސައްކަތްކޮށް އުޅުނު ގޮތް އެބަ ޖެހޭ އެނގެންވެސް. ކައްކާ، ކައިބޮއި އުޅުނު ގޮތާއި، ދުވަސް ހޭދަ ކުރި ގޮތުން އެނގެން ބޭނުންވެސް. އަހަރެމެންގެ ގައުމު މިއާ މުޅިން ތަފާތު.
ނޫނޯ ބަޕްޓިސްޓާ؛ ޕީޗުގަލްއިން ސަޢޫދީއަށް ޒިޔާރަތް ކުރި މީހެއް

ތާރީޚަށް ބަލާއިރު ސަޢޫދީގެ ސޫޤު ބާޒާރު މިހާރު ހުރި ތަނަކީ، އިހުގެ ވިޔަފާރިވެރިންނާއި ވިޔަފާރި ކުރާ ފަރާތްތަކުން އެ ތަނަކަށް ޖަމާވާ އެންބޮޑު އެއް މައިދާނެވެ. ބާޒާރު ކުރިއަށް ގެންދާ ތުރައިފް ޕާކްއަކީ ދުނިޔޭގެ އާޘާރެއްގެ ގޮތުގައު އދއިން ބަލައިގެންފައިވާ ސަރަޙައްދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް