ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 23:53
އިސްލާމިކް މިނިސްޓްރީގައި ބަޔަކު ފިތުރު ޒަކާތް ދައްކަނީ
އިސްލާމިކް މިނިސްޓްރީގައި ބަޔަކު ފިތުރު ޒަކާތް ދައްކަނީ
އިސްލާމިކް މިނިސްޓްރީ
ފިތުރު ޒަކާތް
ރަމަޟާންމަހު ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.59 މިލިއަން ރުފިޔާ ލިބިއްޖެ
 
ރަމަޟާންމަހުގެ ފުރަތަމަ 18 ދުވަސް ތެރޭގައި ރާއްޖޭން ފިތުރު ޒަކާތް ދައްކާފައިވަނީ 38،681 މީހުން
 
އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ 273,108
 
އާދައިގެ ހަނޑުލުން ޒަކާތް ދީފައިވަނީ 22,759 މީހުން

މި އަހަރުގެ ރަމަޟާންމަހު ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 1.59 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1445 ވަނަ އަހަރުގެ ރަމަޟާންމަހު ފުރަތަމަ 10 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 1,599,113 ރުފިޔާ (އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ) ލިބިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އާދައިގެ ހަނޑުލުން ޒަކާތް ދީފައިވަނީ 22,759 މީހުން ކަމަށާއި، އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ 273,108 އެވެ. ތައިލެންޑް ހުދު ހަނޑުލުން ޒަކާތްދީފައިވަނީ 886 މީހުންނެވެ. އެއީ ތައިލެންޑް ހުދު ހަނޑުލުން ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 62,020 ރުފިޔާއެވެ. ރަތް ހަނޑުލުން 304 މީހުން ޒަކާތްދައްކާފައިވާއިރު، އެއީ 24,320 ރުފިޔާ ކަމަށެވެ. ބާސްމަތީ އާދައިގެ ހަނޑުލުން 5,208 މީހުން ޒަކާތް ދައްކާފައިވާއިރު، ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި 364,560 ރުފިޔާ ލިބިފައިވެއެވެ. ބާސްމަތީ މޮޅު ހަނޑުލުން 3,030 މީހުން ޒަކާތްދީފައިވާއިރު، މޮޅު ބާސްމަތީ ހަނޑުލުން ދެއްކި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 303,000 ރުފިޔާއެވެ. އަދި ބާސްމަތީ އެންމެ މޮޅު ހަނޑުލުން ޒަކާތް ދައްކާފައިވަނީ 4,188 މީހުންނެވެ. އެންމެ މޮޅު ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި 523,500 ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ އާދައިގެ ފުށުން 1,913 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ. އެއީ 19,130 ރުފިޔާއެވެ. އަދި އާޓާ ފުށުން 393 މީހަކު ޒަކާތް ދައްކާފައިވެއެވެ. އެއީ 29,475 ރުފިޔާ އެވެ.

ރަމަޟާންމަހުގެ ފުރަތަމަ 18 ދުވަސް ތެރޭގައި ރާއްޖޭން ފިތުރު ޒަކާތް ދައްކާފައިވަނީ 38،681 މީހުންނެވެ.

ޒަކާތު ހައުސްއިން ބުނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 މާރިޗް 2024ން ފެށިގެން 6 އޭޕްރީލް 2024 ވަނަ ދުވަހާއި ހަމައަށެވެ. އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތާއި ގުޅޭގޮތުން ޒަކާތު ހައުސްއިން ބުނީ ދިރާގު އެޕް/ދިރާގު ޕޭ، އެމް ފައިސާ، ފައިސާ މޮބައިލް، ޕޯޓަލް، ފަހިޕޭ، އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން ޒަކާތު ހައުސްއިން ބުނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބުވެގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
100%
0%
0%
0%
0%
0%
ކޮމެންޓް