ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 15:00
ސްޓޭން ވަވަރިންކާ ޔޫއެސް އޯޕަން ތައްޓާއެކު
ސްޓޭން ވަވަރިންކާ ޔޫއެސް އޯޕަން ތައްޓާއެކު
ގެޓީ އިމޭޖަސް
ސްޓޭން ވަވަރިންކާ
ޔޫއެސް އޯޕަން ޗެމްޕިއަން ވަވަރިންކާ އަށް ދެން މި އަހަރު ނުކުޅެވޭނެ!
އަނބުރާ ކުޅުމުގެ ތެރެއަށް އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް
ސާޖަރީއެއް ނަހަދާ އަނިޔާއިން ސަލާމަތްވާނެ މަގެއް ނުފެނުނު
ވަވަރިންކާ އަށް އަނިޔާވީ މިދިޔަ މަހު ވިމްބެލްޑަންގެ ފުރަތަމަ ބުރުގައި

ޔޫއެސް އޯޕަން ޗެމްޕިއަން ސްޓޭން ވަވަރިންކާ އަށް ދެން މި އަހަރު އިތުރަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

މިދިޔަ މަހު ކަކުލު ހުޅަށްލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ވަވަރިންކާއަށް މި އަހަރު ދެން އިތުރަށް ނުކުޅެވޭނެކަން ހާމަކުރީ ފޭސްބުކްގައި ކުރި ޕޯސްޓަކުންނެވެ.

ކަކުލު ހުޅުގެ ސާޖަރީއެއް ހެދުމަށް ފަހު ފޭސްބުކްގައި ވަވަރިންކާ ކުރި ޕޯސްޓުގައި ބުނީ ޓެނިހަކީ އޭނާ އަބަދުވެސް އެންމެ ލޯބިވާ ކުޅިވަރު ކަމަށާއި، އަނބުރާ ކުޅުމުގެ ތެރެއަށް އަންނާނީ ކުރިއަށްވުރެ ވަރުގަދަކޮށް ކަމަށެވެ. އެގޮތުން އޭނާ ބުނީ ވީހާ ވެސް ދިގު މުއްދަތަކަށް ޓެނިސް ކުޅެން ބޭނުންވާ ކަމަށެވެ.

ވަވަރިންކާ ބުނީ އަނިޔާއާ ގުޅިގެން ޑޮކްޓަރާ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެގޮތުން ސާޖަރީއެއް ނަހަދާ އަނިޔާއިން ސަލާމަތްވާނެ މަގެއް ނުފެނުނު ކަމަށެވެ. އޭނާ ބުނީ މިހާރުއްސުރެ ރިކަވަރީ ފަށާފައިވާ ކަމަށާއި، އަންނަ އަހަރު ފެނިގެންދާނެ ކަމަށެވެ.

އުމުރުން 32 އަހަރުގެ ވަވަރިންކާ އަށް އަނިޔާވީ މިދިޔަ މަހު އޮތް ވިމްބެލްޑަންގެ ފުރަތަމަ ބުރުގައި ރަޝިއާގެ ޑެނީލް މެޑެވެވްއާ ބައްދަލުކުރި މެޗުގައެވެ. އެގޮތުން އެ މެޗުން ބަލިވެ ވަވަރިންކާ ވަނީ މުބާރާތުން ކަޓާފައެވެ.

ތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ވަވަރިންކާ ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަންގެ ސެމީން ޖާގަ ހޯދުމުގެ އިތުރުން ފްރެންޗް އޯޕަންގެ ފައިނަލުން ވެސް ޖާގައެއް ހޯދާފައެވެ.

ވަވަރިންކާ އަށް އަނިޔާވެ މުޅި އަހަރުގައި ދެން ނުކުޅެވޭއިރު، ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗްގެ އުޅަނބޮއްޓަށް ލިބުނު އަނިޔާއާއެކު އޭނާ އަށް ޔޫއެސް އޯޕަން ޓެނިސް މުބާރާތް ވަނީ ގެއްލިފައެވެ.

- ކޮމެންޓް
5 އޯގަސްޓް 2017 | ހޮނިހިރު 16:18
ހަސަން
ATP singles rankings as of 31 July, 2017 1. Andy Murray (GB) 2. Rafael Nadal (Spa) 3. Roger Federer (Swi) 4. Stan Wawrinka (Swi) 5. Novak Djokovic (Ser) 6. Marin Cilic (Cro) 7. Dominic Thiem (Aut) 8. Alexander Zverev (Ger) 9. Kei Nishikori (Jpn) 10. Milos Raonic (Can) 11. Grigor Dimitrov (Bul) 12. Jo-Wilfried Tsonga (Fra) 13. David Goffin (Bel) 14. Tomas Berdych (Cze) 15. Pablo Carreno Busta (Spa) 16. Roberto Bautista Agut (Spa) 17. Lucas Pouille (Fra) 18. John Isner (US) 19. Jack Sock (US) 20. Nick Kyrgios (Aus)
5 އޯގަސްޓް 2017 | ހޮނިހިރު 16:12
ހަސަން
ޖޮކޮވިޗަކީ މިހާރު ދުނިޔޭގެ އެއްވަން ކުޅުންތެރިޔާއެއް ނޫން. އެއީ ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާ. މިހާރުގެ އެއްވަނަ ކުޅުންތެރިޔަކީ އިނގިރޭސި ވިލާތުގެ އެންޑީ މަރޭ