ކ. މާލެ
|
23 މާރޗް 2024 | ހޮނިހިރު 05:22
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް
ރޮއިޓާސް
ބާސެލޯނާ
ބާސެލޯނާއިން ކޯޗަކު ހޯދާނީ ޒަވީގެ ޖަވާބު ދިނުމުން: ލަޕޯޓާ
 
ކޯޗަކު ހޯދުމުގެ މަސައްކަތް ފަށާނީ ވެސް ސީޒަން ނިމުމުން

ބާސެލޯނާއިން މިވަގުތު ކޯޗަކު ހޯދަން މަސައްކަތް ނުކުރާ ކަމަށާއި އެހެން ކޯޗަކަށް ފުރުސަތު އޮތީ ސީޒަން ނިމުމުން މިހާރުގެ ކޯޗު ޒަވީ ހަނާންޑޭޒް ދޭ ޖަވާބަކަށް ފަހު ކަމަށް އެކުލަބުން ބުނެފި އެވެ.

ރައީސް ޖޯން ލަޕޯޓާ ބުނީ ވަރަށް ގިނަ ކޯޗުންގެ އެޖެންޓުންނަކީ އޭނާގެ ރަހުމަތްތެރިން ކަމަށާއި ނަމަވެސް ކޮންމެ އެޖެންޓަކު ގާތުގައި ވެސް ބުނެފައިވާނީ މިފަދައިން ކަމަށެވެ.

"އަހަރުމެން މިތިބީ ޒަވީ ދޭނެ ޖަވާބަކަށް މަޑުކޮށްގެން. އަދި ސީޒަން ނިމެންދެން މަޑުކޮށްގެން. އެއަށްފަހު ޒަވީ ނުހުންނާނެކަމަށް ބުނެފިއްޔާ ކޯޗަކު ހޯދާނީ. ބާސެލޯނާއިން ބޭނުންވާ މީހަކީ ޒަވީ،"
ލަޕޯޓާ ބުންޏެވެ.

މި ސީޒަނަށް ފަހު ޒަވީ ވަނީ ޓީމާ ވަކިވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭނާ މަޑުކުރުވަން މިހާރު ވާހަކަ ދައްކަމުންދަނީ ސީދާ ލަޕޯޓާ އެވެ. ބާސެލޯނާއިން ޒަވީ ކޯޗުކަމުގައި މަޑުކުރުވަން ބޭނުންވާ ގިނަ ސަބަބުތަކެއްވެ އެވެ. އޭގެ ތެރޭގައި އައު ކޯޗަކު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ބާސެލޯނާ ބޭނުންވާ ފަދަ މޮޅު ކޯޗަކު ފަސޭހައިން ލިބެން ނެތުން ފަދަ ކަންކަން ހިމެނެ އެވެ.

ބާސެލޯނާގެ ކޯޗުކަމަށް ގެނައުމަށް އެކުލަބުން އެންމެ ބޭނުންވާނެ މީހަކީ ކުރީގެ ދެ ކޯޗުން ކަމަށްވާ ލުއިސް އެންރީކޭ އާއި ޕެޕް ގާޑިއޯލާ އެވެ. މީގެ ތެރެއިން މެންޗެސްޓާ ސިޓީގެ ކޯޗު އަދި ލަޕޯޓާގެ ގާތް ރަހުމަތްތެރިޔާ ގާޑީއޯލާ ނާންނާނެކަން ޔަގީނެވެ. ޕީއެސްޖީ އަށް ކޯޗުކޮށްދޭ އެންރީކޭ ބުނެފައިވަނީ އޭނާ މިވަގުތު ހުރި ކުލަބުގައި އޮތީ ރަނގަޅު ޕްރޮޖެކްޓެއް ކަމަށާއި ރަނގަޅު ވަގުތެއްގައި ނަމަ ބާސެލޯނާ އަށް ބަދަލުވުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް