ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 22:07
ސައޫދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސައޫދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ސައޫދީން ކަދުރު ހަދިޔާކުރުން
ސައޫދީ ސަރުކާރުން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފި
 
މިދިޔަ އަހަރު ސައޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ޖުމްލަ 25،000 ކަދުރު ޕެކެޓު
 
މިއަހަރު ކަދުރު ބެހުމަށް ނިންމާފައި އުސޫލު އަދި އިސްލާމިކް މިނިސްޓްރީން ހާމައެއްނުކުރޭ

ސައޫދީ ސަރުކާރުން ރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

ސައޫދީ ސަރުކާރުން ދިވެހި ސަރުކާރަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު، ސައުދީގެ އިސްލާމިކް މިނިސްޓްރީން ފަސް ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ.

ސައުދީ އެންބަސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ކަދުރު ހަވާލުކޮށްދެއްވީ ސައޫދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީއެވެ. ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މީގެ އިތުރުން ސައޫދީގެ އިސްލާމިކް މިނިސްޓްރީން ހަދިޔާކުރި 5 ޓަނުގެ ކަދުރު ހަވާލުކޮށްފައިވަނީ މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އާންމު ގޮތެއްގައި ސައޫދީން ރާއްޖެއަށް ކަދުރު ހަދިޔާކުރަނީ ރޯދަމަހާ ދިމާކޮށެވެ. މިދިޔަ އަހަރު ސައޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ޖުމްލަ 25،000 ކަދުރު ޕެކެޓެވެ. އަދި ކަދުރު ބަހާފައިވަނީ ފަގީރުންނަށް އިސްކަން ދީގެންނެވެ. އެއަށްފަހު ބާކީވި ކަދުރުކޮޅު ބަހާފައިވަނީ ކަދުރު ބަލައި ދިޔަ މީހުންނަށް، ތަރުތީބުންނެވެ.

މިއަހަރު ކަދުރު ބެހުމަށް ނިންމާފައި އުސޫލު އަދި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް