ކ. މާލެ
|
18 މާރޗް 2024 | ހޯމަ 21:21
އިންޑިޔާ ގެ ގުޖުރާތު ޔުނިވަރސިޓީ ގެ ހޮސްޓެލްގެ ތަންތަނަށް ބަޔަކު ގެއްލުން ދީފައި
އިންޑިޔާ ގެ ގުޖުރާތު ޔުނިވަރސިޓީ ގެ ހޮސްޓެލްގެ ތަންތަނަށް ބަޔަކު ގެއްލުން ދީފައި
ބީބީސީ
އިންޑިޔާގައި ނަމާދަށް ތިބި ބަޔަކަށް ހަމަލާ ދިނުން
އިންޑިޔާގައި ތަރާވީހް ނަމާދު ކުރަންތިބި ކިޔަވާކުދިން ތަކަކަށް ބަޔަކު ހަމަލާދީފި
 
އަނިޔާވި ކުދިންނަކީ އިންޑިއަން ކައުންސިލް ފޯ ކަންޗަރަލް ރިލޭޝަންސް މެދުވެރިވެގެން ދީފައިވާ ސްކޯލަރޝިޕް ތަކެއްގައި ގޮސްތިބި ކުދިން ކަމަށް ވެއެވެ

އިންޑިޔާގެ ގުޖުރާތު ޔުނިވަރސިޓީ ގެ ހޮސްޓެލްގައި ތަރާވީހް ނަމާދު ކުރަން ތިބި ގައުމުން ބޭރުގެ ކިޔަވާކުދިން ތަކަކަށް ބަޔަކު ހަމަލާދީފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ގުޖުރާތު ފުލުހުން ވަނީ ބުނެފައެވެ.

ނަމާދުގެ ޖަމާއަތް ބާއްވާނެ ތަނަކާމެދު މުސްލިމް ކިޔަވާކުދިންނާ އެހެން ކުދިންނާ ދެމެދު ވަރުގަދަ ޒުވާބެއް ކުރިޔަށް ދިޔަކަމަށް ވެއެވެ. އެއަށް ފަހު ހޮސްޓެލްގެ ތަނެއްގައި ނަމާދަށް ތިއްބާ އެކުދިންނަށް ހަމަލާދިނީ އެވެ. މިހާދިސާގައި ފަސްކުއްޖަކަށް އަނިޔާވެގެން ފަރުވާދީފައި ވެއެވެ.

މިހަމަލާއާގުޅިގެން ވަރަށް ސީރިއަސް ކަމެއް ދީގެން މައްސަލަ ބަލަމުން ދާކަމަށާ ތަޅައިގަތް މީހުންނަށް ހަރުކަށިއަދަބު ދޭނެ ކަމަށް އިންޑިޔާގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވެއެވެ.

ޕޮލިސް ކޮމިޝަނަރުވެސް ވެސް ވަނީ ގަލާ،ލަޓި ބުރި ފަދަ އެއްޗެތި ހިފައިގެން ފަންސަވީހަކަށް މީހުން ހޮސްޓެލަށް ވަދެގަނެފައިވާ ކަމަށް ބުނެފައެވެ. އަދި ހޮސްޓެލްތެރޭގައި ނަމާދު ނުކުރުމަށާ މިސްކިތަށް ދިއުމަށް ގޮވާ ތަންތަނާ ތަކެއްޗަށް ވެސް ގެއްލުން ދީފައިވާ ކަމަށް ބުނެފައި ވެއެވެ.

އަނިޔާވެގެން ހޮސްޕިޓަލަށް ގެންދެވުނު ކުދިންގެ ތެރެއިން ތިން ކުދިން ވަނީ ފަހުން ދޫކޮށްލާފައެވެ.

މިހާދިސާގައި އަނިޔާވި އަފްޤާނިސްތާންގެ ސްޓޫޑަންޓަކު ކިޔާދިން ގޮތުގައި ފުރަތަމަ ހޮސްޓެލް ތެރެޔަށް ވަނީ ގަލާ،ލަޓި ބުރި ފަދަ ތަކެތި ހިފައިގެން ތިބި ތިން މީހުންނެވެ. މިމީހުންނާ ކިޔަވާ ކުދިންނާދެމެދު ޒުވާބުގަދަވިތަނާ އިތުރު ފަންސަވީހަކަށް މީހުން އައިސް ކުދިންނަށް ހަމަލާދީ ހޮސްޓެލް ގެ ތަންތަނަށާ ވެހިކަލް ތަކަށް ގެއްލުން ދޭން ފަށާފައި ވެއެވެ.އަދި ބޭރު ގައުމު ތަކުގެ ސްޓޫޑެންޓުންނަށް އެތަން ރައްކާތެރި ނޫން ކަމަށް އެކުދިން ބުނެފައި ވެއެވެ.

ގުޖުރާތު ޔުނިވަރސިޓީ ގައި އަފްޣާނިސްތާން، ސްރީލަންކާ އަދި އެފްރިކާގެ ބައެއް ގައުމުތަކަށް ނިސްބަތްވާ ތިންސަތޭކައެއްހާ ފޮރިން ސްޓޫޑެންޓުން ތިބޭކަމަށް ވެއެވެ. އަނިޔާވި ކުދިންނަކީ އިންޑިއަން ކައުންސިލް ފޯ ކަންޗަރަލް ރިލޭޝަންސް މެދުވެރިވެގެން ދީފައިވާ ސްކޯލަރޝިޕް ތަކެއްގައި ގޮސްތިބި ކުދިން ކަމަށް ވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
ކެނެޑާގައި ކާރެއްގެ ތެރޭގައި ބަޑިޖަހައި، އިންޑިއާގެ 24 އަހަރުގެ ރައްޔިތަކު މަރާލައިފި