ކ. މާލެ
|
16 މާރޗް 2024 | ހޮނިހިރު 16:29
ގެއްލުން ދީފައި ހުރި ޕޯސްޓަރުތަކެއް
ގެއްލުން ދީފައި ހުރި ޕޯސްޓަރުތަކެއް
ރާއްޖެއެމްވީ
ޕޯސްޓަރުތަކަށް ގެއްލުން ދިނުން
ޕޯސްޓަރުތަކަށް ގެއްލުން ނުދީވެސް ކެންޕޭން ކުރެވިދާނެ
 
ބައެއް ސިޔާސީ ޕާޓީތަކުން ވަނީ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައި
 
ޕޯސްޓަރުތަކަށް ގެއްލުން ދިނުމަކީ ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން ލިބޭނެ ކަމެއް
 
މަގުމަތީގައި ޕޯސްޓަރުތައް ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ ހަރުކޮށްފައި

ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. ރިޔާސީ އިންތިޚާބަށްފަހު ދެން ބޭއްވޭ އެންމެ ފޯރިގަދަ ވާދަވެރި އިންތިޚާބެވެ. މިއިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އިލެކްޝަން ކޮމިޝަނުން ކުރަމުންދާއިރު، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ދަނީ ކެންޕޭން ވެސް ކުރަމުންނެވެ.

ކެންޕޭންގެ އެކި ހަރަކާތްތައް އެކި ޕާޓީތަކުން ކުރަމުން ގެންދާއިރު، އަމިއްލަ ގޮތުންވާދަކުރާ ކެންޑިޑޭޓުން ވެސް ކެންޕޭން ކުރުމުގައި ވަރަށް ފޯރިގަދައެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި، ކަންމަތީ ޖަލްސާތައް ބޭއްވުމާއި، ކެއުމުގެ އެކި ހަފްލާތައް ބޭއްވުމާއި، ރައްޔިތުންނާއި ބައްދަލުކުރުމާއި، ލީފްލެޓް ހަދައި އެބެހުމާއި، މަގުތަކުގައި ޕޯސްޓަރުތަކާއި، ބޯޑުތައް ހަރުކުރުން ހިމެނެއެވެ. ޚާއްސަކޮށް މި މާލެސިޓީ އަށް ބަލާއިރު މަގުމަތީގައި ޕޯސްޓަރުތައް ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ ހަރުކޮށްފައެވެ. މާލޭގެ ކޮންމެ ބޮޑު މަގެއްގައި މިފަދަ ބޮޑެތި ބޯޑުތަކާއި ޕޯސްޓަރުތައް ވަރަށް ގިނައެވެ.

މިއީ މާލެސިޓީގެ ކައުންސިލްގެ ހުއްދައާއެކު، ވަރަށް ބޮޑު ހޭދައެއް ކުރުމަށްފަހު މަގުތަކުގައި ހަރުކުރާ ޕޯސްޓަރުތަކެވެ. ޕޯސްޓަރުތައް ހަދައި، އެ ހަރުކުރުމަށް ގިނަ މަސައްކަތްތައް ވެސް ކުރެއެވެ. ޑިމޮކްރަސީގެ ރީތި ނަމޫނާ ދެއްކުމަށް ސިޔާސީ ޕާޓީތަކާއި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންގެ ކެންޕޭން ޓީމުން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ. ރާއްޖޭގެ ޑިމޮކްރަސީ ޕްރޮމޯޓްކޮށް، އެންމެނަށް ވެސް ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބުމަކީ މެޖޯރިޓީ ރައްޔިތުން ބޭނުންވާނެ ވެސް ގޮތެވެ.

ކެންޕޭން ކުރިއަށް ގެންދާއިރު، އެކަކު އަނެކަކަށް ޖެއްސުންކޮށް، ފުރުސަތު ނުދިނުމަކީ އެކަމުގެ ސަބަބުން ނަފްރަތާއި ރުޅިވެރިކަމާއި، ހަމަނުޖެހުން އުފެދޭނެ ކަމެކެވެ. ވާދަވެރި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންގޮސް ރައްޔިތުންގެ ހައްގުގައި ޚިދުމަތް ކުރާނެ މެންބަރުންތަކެއް މަޖިލީހަށް އަންޔަން ކުރަން އުޅޭ މިދަނޑިވަޅުގައި ހަމަނުޖެހުމަށް ފުރުސަތު ދޭން އެއްވެސް ބަޔަކު ބޭނުމެއް ނުވާނެއެވެ. ނަމަވެސް ހިތާމައަކީ އަދިވެސް ބައެއް މީހުން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާތީއެވެ.

މާލެސިޓީގެ މަގުތަކުގައި ހަރުކޮށްފައިވާ ކެންޑިޑޭޓުންގެ ފޮޓޯ ޕޯސްޓަރުތަކަށް ވަނީ ގެއްލުން ދީފައެވެ. އަތުނުޖެހޭ ހިސާބުގައި ހަރުކޮށްފައި ހުރި ނަމަވެސް ބައެއް ޕޯސްޓަރުތައް ކަފާލާ، ކުރަހާ ކެންޑިޑޭޓުންގެ ސިފަ ވަނީ ގެއްލުވާލާފައެވެ. މިގޮތަށް މިކަން ކުރާނަމަ ހަމަނުޖެހުން އުފެދޭނެއެވެ. އެއީ އެއްވެސް ބަޔަކު އެބަޔަކު ކުރާ ބުރަ މަސައްކަތަކަށް އެހެން ބަޔަކު ގެއްލުން ދޭން ބޭނުން ނުވާނެތީއެވެ. ގެއްލުން ދޭ ކަމަށްވާނަމަ އެކަމާއި ދެކޮޅަށް ވެސް މީހުން ތެދުވާނެއެވެ. އަދި މަގުމައްޗަކީ އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މި މަންޒަރު ކުޑަކުދިންނަށް ވެސް ފެންނާނެއެވެ. ޕޯސްޓަރުތަކަށް ހަދާފައި ހުންނަ ގޮތުން އެކުދިންނަށް ވެސް އެ ފެންނަނީ ރަނގަޅު މަންޒަރެއް ނޫނެއެވެ.

މީގެ އިތުރުން މާލޭގައި ހަރުކޮށްފައިހުރި ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުން ދޭ މީހުން ނުވަތަ ބަޔަކު ހޯދުން އުދަނގޫ ކަމަކަށް ނުވާނެއެވެ. މާލެސިޓީގެ ބޮޑެތި މަގުތަކުގައި ޕޯސްޓަރުތައް ހަރުކޮށްފައި ހުރިއިރު، ގިނަ ފިހާރަތަކުގައި ސިސީޓީވީ ކެމެރާ ހަރުކޮށްފައި ހުރެއެވެ. އެހެންކަމުން އެބަޔަކު ހޯދުމަކީ މާ އުނދަގޫކަމެއް ނޫނެއެވެ. މިމައްސަލަ ބޮޑުވުމާއި ގުޅިގެން މިހާރު ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެމައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅާފައެވެ.

އެހެން ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާނަމަ އެއީ ވަރަށް ދެރަ ކަމެކެވެ. ޕޯސްޓަރުތަކަށް ގެއްލުން ނުދީވެސް އެއްބަޔަކު އަނެއްބަޔަކަށް ކެންޕޭން ކުރެވޭނެއެވެ. ޑިމޮކްރަސީ ގޮތުން ތަހުޒީބީ މި މުޖުތަމައުގައި މިފަދަ މައްސަލަތައް ފެންމަތިވާނަމަ ތަހުޒީބުވެފައިވާ މިންވަރާމެދު ސުވާލު އުފެދެއެވެ. އެއްބަޔަކު އަނެއް ބަޔަކާއި ދެކޮޅަށް ނުވަތަ ޖެއްސުން ކުރާކަމަށްވާނަމަ ހަމަނުޖެހުން އުފެދި، ޑިމޮކްރަސީ ރީތި ސިފަ ގެއްލުމަކީ މާދުރުގައި އޮތް ކަމެއް ނޫނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ރަފާޙްގައި ޤަތުލުއާންމެއް ހިންގުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ސަރުކާރަށް ގޮވާާލާ ކުއްލި މައްސަލައެއް
މަޖިލީހުން ފާސްކުރިޔަސް އެގޮތަށް ފްލެޓް ލިސްޓަށް އަމަލުނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި
މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އިތުރަށް ދިރާސާކޮށް ބެލުމަށް 241 ކޮމިޓީން ފާސްކޮށްފި
މެންބަރުންގެ މުސާރަ ވެސް ކުޑަ ކުރަންވީ، ދައުރު ފުރިހަމަކުރުމުން ދޭ އެލަވަންސް ވެސް ކަނޑާލަންވީ!
ސަލަމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި އެންމެ ހަރަދު ކުޑަގޮތަކީ ވެސް 5 އަހަރުގެ މުއްދަތަށް ޕާސްޕޯޓް އޮތުން - އިމިގްރޭޭޝަން