Advertisement
ކ. މާލެ
|
16 މާރޗް 2024 | ހޮނިހިރު 12:18
ރައީސް
ރައީސް
ރައީސް އޮފީސް
ޚާއްސަ ޓީޗަރުން ތަމްރީނުކުރުން
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދޭ ޓީޗަރުންނަށް ޚާއްސަ އިނާޔަތެއް ލިބޭނެގޮތެއް ހަމަޖައްސައިދޭނަން: ރައީސް
ޓީޗަރުން މަދު ދާއިރާތަަކަށް ޓީޗަރުން ތަމްރީނުކުރަން މި އަހަރުގެ މެެދުތެރޭގައި ފަށަން ރާވާފައިވާކަމަށް ވިދާޅުވި
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނުކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަމަށް ރައީސް ވިދާޅުވި

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދޭ ޓީޗަރުންނަށް ޚާއްސަ އިނާޔަތެއް ލިބޭނެގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޚާއްސަ އިނާޔަތެއް ލިބޭނެ ގޮތެއް އޮތްތޯ ރައްޔިތަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ފެށިގެން މިހާރު ޢަމަލުކުރަމުންދާ ޕޭ ފްރޭމްވޯރކުގެ ސަބަބުން ބަދަލު އައިސްފައިވާކަމަށެވެ. ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގަންނައިދޭ ސެން ޓީޗަރުންނަށް ޚާއްސަކޮށް ރިސްކް އެލަވަންސެއް ނުވަތަ އެފަދަ އެހެން އެލަވަންސްއެއް ސަރުކާރުން ހަމަޖައްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ސެން ޓީޗަރުންނާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނުކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ. އަދި މީގެ އިތުރުން، ޓީޗަރުން މަދު ދާއިރާތަައް އެބަހުރިކަމަށާއި އެ ދާއިރާތަކަށް ޓީޗަރުން އިތުރުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޓީޗަރުންނަން ތަމްރީނު ދިނުމުގެ މަސައްކަތް މި އަހަރުގެ މެެދުތެރޭގައި ފަށަން ރާވާފައިވާކަމަށެވެ.

އަދި ސެން ޓީޗަރުންނަށް މިކަމުގައި ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެމުއްދަތުގެ ކުރިންވެސް، ޓީޗަރުން އެ ދާއިރާތަކަށް ލިބެންހުރި މިންވަރެއް ބައްލަވައި، ޓީޗަރުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް