ކ. މާލެ
|
14 މާރޗް 2024 | ބުރާސްފަތި 11:57
އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ބަންކަރިންގެ ޚިދުމަތް ފެށުން
އައްޑޫ އަދި ކުޅުދުއްފުށި ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފަށައިފި
 
އިންޓަނޭޝަނަލް ފެންވަރުގައި ޚިދުމަތް ދެވޭ ވަރަށް އެ ދެ ޕޯޓުގެ ވެސް ތަރައްގީ ކުރާނެ
 
ޕްލޭންތަކެއް ވަނީ ހެދިފައި، އެ ޕްލޭންތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނަން

އައްޑޫ، ކުޅުދުއްފުށި ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއީއޯ ވަޖީހު ވިދާޅުވީ އައްޑޫ ޕޯޓާއި ކުޅުދުއްފުށި ޕޯޓު ތަރައްގީ ކުރުމަށް ޚާއްސަ އިސްކަމެއްދީގެން ޕްލޭންތަކެއް ރާވާފައިވާ ކަމަށާއި އެ ޕްލޭންތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ވަޖީހު ވިދާޅުވީ ޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިމަހުގެ 5 ވަނަ ދުވަހު ބަންކަރިންގެ ޚިދުމަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުންވީ އައްޑޫ ރައްްޔިތުންނަށް އަދި ކުޅުދުއްފުށި ރައްޔިތުންނަށް ދައްކާދޭން ބޭނުންވީ އަޅުގަނޑުމެން ބޭނުންވީ ވާހަކަ ދައްކާކަށް ނޫންކަން. ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޭނުންފުޅަކަށްވާނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުންކަން. އެގޮތުން އެތަނުގައި ކުރެވެން ހުރީ ކޮންކަމެއްތޯ ބަލައި އެތަނުން އެންމެ އަވަހަށް އާމްދަނީ ލިބެން އޮތީ ބަންކަރިންގެ ޚިދުމަތަކަށްވާތީވެ އެ ބަންކަރިންގެ ޚިދުމަތް ފޭސްތަކަށް ބަހާލައިގެން އަޅުގަނޑު ކަނޑައެޅީ ޓަރގެޓެއް. މި މާޗްމަހުގެ 5 ވަނަ ދުވަހު މި ބަންކަރިންގެ ޚިދުމަތް ދޭނެ ކަމަށް. މިހާރު ވަނީ ބަންކަރިންގެ ޚިދުމަތް ފަށާފައި މާޗް 5 ގައި.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް

ވަޖީހު ވިދާޅުވީ އައްޑޫ އަދި ކުޅުދުއްފުށި ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފުޅާކުރައްވާނެ ކަމަށާއި އިންޓަނޭޝަނަލް ފެންވަރުގައި ޚިދުމަތް ދެވޭ ވަރަށް އެ ދެ ޕޯޓުގެ ވެސް ތަރައްގީކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް