ކޯޗު ޒަބީ އަލޮންސޯ ޓީމާ ވަކިވިޔަސް ބަޔާން ލެވަކޫސަން ހަލާކުނުވާނެ ކަމަށް އެ ކުލަބުގެ ސީއީއޯ ފެނާންޑޯ ކަރޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ޖަރުމަނު ލީގުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ގެންދިއުމަށް ޖަރުމަނުގެ ބަޔާން މިއުނިކާއި އިނގިރޭސިވިލާތުގެ ލިވަޕޫލުން ގަދަ ހިފުމަކަށް ގޮސްފައިވަނިކޮށެވެ. ބޮޑަށް ބެލެވޭ ގޮތުގައި މިއިން ކުލަބަކަށް މި ސީޒަނަށް ފަހު އަލޮންސޯ ވެސް ބަދަލުވާނެ އެވެ.
އޭނާގެ މަގުބޫލުކަން ބޮޑުވީ ބަޔާން މިއުނިކުން ވިދިވިދިގެން 11 އަހަރު ވަންދެން ހޯދަމުން އައި ޖަރުމަނު ލީގު މި ސީޒަނުގައި ލެވަކޫސަން އަށް ކާމިޔާބުކޮށްދިނުމާ ގާތަށް ދިއުމުންނެވެ. އެ ޓީމު މިވަގުތު އޮތީ ޓޭބަލުގެ އެއްވަނާގައި ބޮޑު ލީޑެއްގަ އެވެ.
ނަމަވެސް ސީއީއޯ ކަރޯ ބުނީ އަލޮންސޯ އަކީ ވެސް ޓީމުގެ ކާމިޔާބީގައި މުހިންމު އެއް ބައިވެރިޔާ ކަމަށެވެ.
އޭނާ މިކުލަބުގައި ހުރުމާއި ނެތުން އެއީ ކޮންމެ ވަގުތެއްގައި ވެސް ވެދާނެ ކަމެއް. އޭނާ ނެތުމަކީ ޓީމު ހަލާކުވެދިއުމެއްވެސް ނޫންކަރޯ
އޭނާ އިތުރަށް ބުނީ ބަޔާން މިއުނިކްގެ ކާމިޔާބީ އަކީ ރަނގަޅު އޮނިގަނޑެއްގެ ތެރެއިން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އަހަރުމެންގެ ރަނގަޅު ޓީމެއް އެބައޮތް. ރަނގަޅު ބަޔަކު މެނޭޖްމަންޓުގައި އެބަތިބި. ސްޕޯޓިން ޑައިރެކްޓަރެއް އެބަހުރި. މި އެންމެން ގުޅިގެން ކުރި މަސައްކަތުން ކާމިޔާބީއާ ހަމައަށް މި އާދެވުނީކަރޯ
ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އަކީ ބަޔާން މިއުނިކާއި ލިވަޕޫލަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ. މިހެންވެ މިއިން ކުލަބަކަށް ކޯޗެއްގެ ގޮތުގައި އޭނާ ބަދަލުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ލެވަކޫސަންއިން ވެސް ގަބޫލުކުރެ އެވެ.