Advertisement
ކ. މާލެ
|
11 މާރޗް 2024 | ހޯމަ 10:30
މަޖޫރީންގެ ހިޔާ ހުޅުވުން
މަޖޫރީންގެ ހިޔާ ހުޅުވުން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
މަޖޫރީންނަށް ޚާއްސަކޮށް "މަޖޫރީންގެ ހިޔާ" ހުޅުވައިފި
މަޖޫރީން ޕޯޓު ސަރަހައްދުގައި މަސައްކަތް ކުރަމުންދާ ވަގުތު އަރާމުކޮށްލަން އެކަށީގެންވާ ޖާގައެއް ނެތުމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންދޭ

މަޖޫރީންނަށް ޚާއްސަކޮށް "މަޖޫރީންގެ ހިޔާ" ހުޅުވައިފިއެވެ.

އެމްޕީއެލް އިން ހެދި "މަޖޫރީންގެ ހިޔާ" އާދީއްތަ ދުވަހު ރަސްމީކޮށް ހުޅުއްވައިދެއްވީ އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހުއާއި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާ ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އަދި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާޢުއެވެ.

Advertisement

"މަޖޫރީންގެ ހިޔާ" އަކީ އެމްޕީއެލް ޕޯޓް ސަރަޙައްދުގައި ބުރަ މަސައްކަތްތަކެއް ކުރަމުންދާ މަޖޫރީން މަސައްކަތުގައި އުޅޭ ވަގުތުތަކުގައި އަރާމުކޮށްލުމަށް އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަބަދުވެސް ލިބެމުންދާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހުޅުވިގެންދިޔަ ތަނެއް ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މިއީ ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އިމާރާތެއް ކަމަށާއި މި ހިޔާގެ ސަބަބުން އެފަރާތްތަކަށް ވަރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވެސް އެމްޕީއެލް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް