ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 13:22
ނައްތާލާފައިވާ އުޅަނދުތައް
ނައްތާލާފައިވާ އުޅަނދުތައް
ޓްރާންސްޕޯޓް މިނިސްޓްރީ
އުޅަނދުތައް ނައްތާލުން
ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 281 އުޅަނދު ނައްތާލާފައިފި
މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން

ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 281 އުޅަނދު ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މިމަހުގެ 7 ވީ ބުރާސްފަތި، 8 ވީ ހުކުރު އަދި 9 ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދުތަކުގެ ތެރެއިން ޖުމުލަ 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޖުމުލަ 281 އުޅަނދު ނައްތާލެވިފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އާބަން ޑިވެލޮޕްމެންޓް މިނިސްޓްރީ، ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މާލެސިޓީ މަގުތައް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބޭނުންނުކުރާ ނުވަތަ ހަލާކުވެގެން ބަހައްޓާފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ އެވެ. އެގޮތުން މިހާތަނަށް އައިރު މާލެސަރަހައްދުން 200ށް ވުރެ ގިނަ އުދަނދުތައް ނަގާފައިވެއެވެ.

މާލެސިޓީ ކައުންސިލުން ވެސް ދަނީ މާލެސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ހިތް ފާސޭހަ މާލެއަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.

- ކޮމެންޓް