ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 11:53
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި ސިޓީގެ ކޯޗު ގާޑިއޯލާ
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އަދި ސިޓީގެ ކޯޗު ގާޑިއޯލާ
ރޮއިޓާސް
ކްލޮޕް، ގާޑިއޯލާ
ގާޑިއޯލާ މާމޮޅު، އަހަރެން ފަދަ ކޯޗަކު ހޯދަން ފަސޭހަވާނެ: ކްލޮޕް
 
އަހަރެންގެ މަގާމު ފުރާނެ މީހުން ވާނެ، އަހަރެންނަށް ވުރެ މޮޅު ކޯޗަކު ވެސް ލިބިދާނެ: ކްލޮޕް

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ އެންމެ މޮޅު ކޯޗުކަމަށާއި އެކަމަކު ތިމަންނާ ފަދަ ކޯޗަކު ހޯދަން ފަސޭހަވާނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލާއި ސިޓީ މިރޭ ވާދަކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމަކީ މި ސީޒަނުގެ ތައްޓަށް ވާދަކުރާ ދެ ޓީމެވެ. ޓޭބަލުގެ ކުރީގައި ލިވަޕޫލް އޮތްއިރު އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ސިޓީ އޮތީ އެއް ޕޮއިންޓް މަދުން ދެވަނައިގަ އެވެ. މިހެންވެ މެޗު ކާމިޔާބުކޮށްގެން ސިޓީ އަށް ޓޭބަލުގައި ދެ ޕޮއިންޓްގެ ލީޑެއް ހޯދޭނެ އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކްލޮޕް ބުނީ މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަމުން އޭނާ ވަކިވި ނަމަވެސް އޭނާ ފަދަ ކޯޗަކު ހޯދަން އެ ޓީމަށް ދަތިވެގެން ނުވާނެ ކަމަށެވެ.

އަހަރެންނަކީ އެންމެ މޮޅު ކޯޗެއްނޫން. ޕެޕް ގާޑިއޯލާ އަކީ އަހަރެންނަށް ފެނުނު އެންމެ މޮޅު ކޯޗު. އޭނާ ސިޓީގެ ކޯޗުކަން ދޫކޮށްލައިފިނަމަ އެފަދަ ކޯޗަކު ހޯދަން ދަތިވާނެ. އެކަމަކު އަހަރެން ތަފާތު. އަހަރެންގެ މަގާމު ފުރާނެ މީހުން ވާނެ. އަހަރެންނަށް ވުރެ މޮޅު ކޯޗަކު ވެސް ލިބިދާނެ
ކްލޮޕް

2015 ވަނަ އަހަރު ލިވަޕޫލާ ހަވާލުވެ މިހާތަނަށް 9 ތަށި ހޯދާފައިވާ ކޯޗު ބުނީ ސިޓީ އަތުން ބަލިވެގެން ޕްރެމިއާ ލީގު ގެއްލިއްޖެނަމަ އެކަމާ ހިތާމަ ނުކުރާނެ ކަމަށެވެ. ސަބަބަކީ ދެ ޓީމުގެ ތަފާތު އެންމެނަށް ވެސް އެނގޭތީ ކަމަށް ކްލޮޕް ބުންޏެވެ. އޭނާ އިޝާރާތް އެކުރަނީ ލިވަޕޫލަށްވުރެ ސިޓީގެ މުއްސަނދިކަން ބޮޑުވެފައި، ކުރާ ހަރަދު އެތައް ގުނައެއް އިތުރުވުމުގެ ސަބަބުންނެވެ.

2018 އަދި 2022 ވަނަ އަހަރުގެ ސީޒަނުގައި 97 ޕޮއިންޓް އަހަރުމެން ހޯދިން. އަދި އެންމެ ޕޮއިންޓެއް މަދުވެގެން އަހަރުމެންނަށް ތަށި ނުލިބި ސިޓީއަށް ތަށި ލިބުނީ. އެއީ ކީއްވެގެން އެންމެ ކަމަކަށް ބަލާލީމާ އެންމެނަށް ވެސް ސާފުވާނެ. މިހެންވެ އެމީހުން އަތުން ބަލިވެގެން ތައްޓެއް ގެއްލުން އެއީ ހާސްވާންޖެހޭ ކަމެއްނޫން
ކްލޮޕް

މި ސީޒަނަށްފަހު ކޯޗުކަމާ ދުރަށްދާއިރު އަލުން އެނބުރި ކޯޗުކަންކޮށްދޭނެ ޓީމަކާ ހަވާލުވާނީ އެއް އަހަރުގެ ބްރޭކަކަށް ފަހު ކަމަށް ކްލޮޕް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް