ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 14:35
ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ރާއްޖެއެމްވީ
ޕެޕް ގާޑިއޯލާ
ލިވަޕޫލުން ވަކިވާ ވާހަކަ ބުނުމުން ކްލޮޕަށް ގާޑިއޯލާގެ ފޯނުކޯލެއް
 
ލިވަޕޫލުން ވަކިވާ ވާހަކަ ބުނުމުން ކްލޮޕަށް ގާޑިއޯލާ ފޯނުކުރި

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަމުން ވަކިވިޔަސް ޔާގެން ކްލޮޕް އަލުން އެ ޓީމުން ނުވަތަ ޕްރެމިއާ ލީގުން ދުށުމަށް އުއްމީދުކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޕްރެމިއާ ލީގުގައި މި ދެ ކޯޗުންގެ ވަދާއީ ކުރިމަތިލުމުގެ ކުރިން ވާހަކަ ދައްކަމުންނެވެ. މާދަމާ ރޭ ލިވަޕޫލާއި ސިޓީ ބައްދަލުކުރާ މެޗަށް ދެ ކޯޗުން ނުކުންނައިރު އެއްވަނާގައިވަނީ ލިވަޕޫލް އެވެ. ނަމަވެސް އެއް ޕޮއިންޓް ފަހަތުގައި އޮތުމުން މެޗުން މޮޅުވެގެން އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ސިޓީއަށް ކުރިލިބޭނެ އެވެ.

މިކަން އެއް ފަރާތްކޮށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި ފެނުނު އެންމެ މޮޅު އަދި އެންމެ ވާދަވެރި ކޯޗަކީ ކްލޮޕް ކަމަށެވެ.

"އަހަރެން ޖަރުމަނުގެ ބަޔާން މިއުނިކަށް ކޯޗުކޮށްދިންއިރު އޭނާ ހުރީ ބޮރޫޝިޔާ ޑޯޓްމުންޑްގައި. ވަރަށް ވާދަވެރި. އަހަރެން ސިޓީގައި ހުރި އޭނާ އެހުރީ ލިވަޕޫލްގައި. ވަރަށް ވާދަވެރި. އަދި ވަރަށް ގިނަ ކާމިޔާބީތައް އެވަނީ ހޯދާދީފައި. ގިނަ ފަހަރު އަހަރުމެން ތަށި ހޯދިޔަސް އެކަން މިކުރެވެނީ ކިރިޔަކިރިޔާ. މިހެންވެ އޭނާ ނެތުމަކީ ވަރަށް ބޮޑު އުނިކަމެއް. އޭނާ ނެތުމުން ލިވަޕޫލް މެޗުގެ ކުރިން އަހަރެންނަށް ހަމަޖެހިގެން ނިދާލެވޭނެ. އެކަމަކު އަހަރެން އުއްމީދު ކުރަނީ އޭނާ އެނބުރި އަންނާނެ ކަމަށް،"
ގާޑިއޯލާ ބުންޏެވެ.

ސްޕޭނުގެ ބާސެލޯނާއަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ޕެޕް ގާޑިއޯލާ ބުނީ ކްލޮޕް ލިވަޕޫލުން ވަކިވާކަން އިއުލާނުކުރުމުން ދެ ކޯޗުން ފޯނުން ވާހަކަ ދެއްކި ކަމަށާއި ކްލޮޕް އެނބުރި ކޯޗިން އަށް އަންނާނެ ކަމާމެދު އޭނާ ޝައްކުނުކުރާނެ ކަމަށެވެ.

ގާޑިއޯލާ މިހެން ބުނިއިރު، އޭނާ ނިސްބަތްވާ، ބާސެލޯނާގެ ކޯޗަށް ކްލޮޕް ގެންދިއުމަށް އެކުލަބުގެ މެނޭޖްމަންޓުން ޝައުގުވެރިވެ އެވެ. ނަމަވެސް މިކަމާމެދު ގާޑިއޯލާ އާއި ކްލޮޕް ވެސް ވަކިއެއްޗެއް ނުބުނެ އެވެ.

ކްލޮޕާއި ގާޑިއޯލާ ޕްރެމިއާ ލީގަށް އައިފަހުން ތަށި ގެންގޮސްފައިވަނީ މި ދެ ކޯޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް