ކ. މާލެ
|
9 މާރޗް 2024 | ހޮނިހިރު 14:26
ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓޮޓެންހަމްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ރޮއިޓާސް
ޓޮޓެންހަމް
އެންމެ ކުޅުންތެރިއަކަށް 100 މިލިއަން ހަރަދެއް ނުކުރާނަން
 
ޓޮޓެންހަމުން މިހާތަނަށް 10 ކުޅުންތެރިއަކު ގެނަޔަސް ކޯޗު ބުނީ މިވަރުން އަދި ނުފުދޭ ކަމަށް

ޓޮޓެންހަމުން އެންމެ ކުޅުންތެރިއަކަށް 100 މިލިއަން ޕައުންޑް ހަރަދު ނުކުރާނެ ކަމަށް ކޯޗު އެންޖޭ ޕޮޗްޓެޗެގްލޫ ބުނެފި އެވެ.

އޭނާ މިހެން ބުނީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި ޓީމަށް އިތުރު ކުޅުންތެރިން ގެނައުމާބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

މި ސީޒަނަށް ޓީމާ ހަވާލުވުމަށްފަހު ޕޮސްޓެޗެގްލޫގެ އިރުޝާދުގެ ދަށުން ޓޮޓެންހަމުން މިހާތަނަށް ވަނީ 10 ކުޅުންތެރިއަކު ގެނެސްފަ އެވެ. އަދި ކުޅުންތެރިންނަށް ހޭދަކުރި އަދަދު ވަނީ 150 މިލިއަން ޕައުންޑް ފަހަނައަޅައި ގޮސްފަ އެވެ. މީގެ ތެރޭގައި ޖޭމްސް މެޑިސަން ގަތުމަށް ހޭދަކުރި 40 މިލިއަނާއި ބެރަން ޖޯންސަން ގަތުމަށް ހޭދަކުރި 50 މިލިއަން ޕައުންޑް ވެސް ހިމެނެ އެވެ. އަދި ޖެނުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން ވަނީ ޗެލްސީގެ ކުރީގެ ފޯވަޑް ޓިމޯ ވާނާ ވެސް ގެނެސްފަ އެވެ. ނަމަވެސް ކޯޗު ބުނީ އޭނާ ބޭނުންވާ ފެންވަރަށް އަދި ޓީމަށް ނާދެވޭ ކަމަށާއި ކުޅުންތެރިން ވެސް އިތުރަށް ހޯދަންޖެހޭ ކަމަށެވެ.

"އެކަމަކު ވިސްނުމަކީ އެއް ކުޅުންތެރިއަކަށް 100 މިލިއަން ޕައުންޑް ހަރަދު ނުކުރުން. އެފަދަ ގޮތަކަށް އެހެން ޓީމުތަކުން ހަރަދު ކުރި ނަމަވެސް އަހަރުމެން އެގޮތެއް ބޭނުމެއްނޫން،"
ޕޮސްޓެޗެގްލޫ ބުންޏެވެ.

އޭނާ ބުނީ ޓީމަކަށް ކާމިޔާބު ލިބޭނީ ރަނގަޅު ކުޅުންތެރިންނާއެކު ދިގު މުއްދަތެއްގައި މަސައްކަތް ކުރެވިގެން ކަމަށާއި އޭނާގެ ޓީމުގެ ޕްލޭނަކީ އެއީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް