ކ. މާލެ
|
8 މާރޗް 2024 | ހުކުރު 21:24
ފުލުހުންގެ މައި ޢިމާރަތް
ފުލުހުންގެ މައި ޢިމާރަތް
ކޯޕަރޭޓް މޯލްޑިވްސް
ފުލުހުންގެ އޮޕަރޭޝަން
ބ އަތޮޅުގައި ފުލުހުންގެ ޓީމެއް ބޮޑު އޮޕަރޭޝަނެއް ހިންގައި 23 މީހުން ބަލާފާސްކޮށްފި، ޕީއެންސީގެ ކެމްޕެއިން ޓީމުގެ މީހުން ހިމެނޭ ކަމުގެ ތުހުމަތު
 
އެކަކު ފިޔަވާ ދެންތިބި އެންމެންވެސް ވަނީ ބަލާފާސްކުރުމަށްފަހު ދޫކޮށްލާފަ
 
ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް
 
ސޯޝަލް މީޑީއާތަކުގައި މިފަހުން ފެތުރިފައިވަނީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ތުޅާދޫ ދާއިރާގެ ޕީއެންސީ ކެމްޕެއިން ޓީމު ހައްޔަރުކޮށްފައިވާ ކަމުގެ ޚަބަރުތަކެއް

ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ފުލުހުން ބޮޑު އޮޕަޜޭޝަންއެއް ހިންގައިފިއެވެ.

ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބ. އަތޮޅުގެ ބައެއް ރަށްރަށުގައި ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަންގައި 23 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާފާސްކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި މީގެ ތެރެއިން އެކަކު ފިޔަވާ ދެންތިބި އެންމެންވެސް ވަނީ ބަލާފާސްކުރުމަށްފަހު ދޫކޮށްލާފަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ބަލާފާސްކޮށްފައިވަނީ ކޮންބައެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބ.ކަމަދޫ އިން އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފަހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ ދުވަހަށް ބަންދު ކުރުމަށް ކަމަދޫ މެޖިސްޓްރޭޓް ކޯޓުުން ވަނީ އަމުރުކޮށްފައެވެ.

ސޯޝަލް މީޑީއާތަކުގައި މިފަހުން ފެތުރިފައިވަނީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ތުޅާދޫ ދާއިރާގެ ޕީއެންސީ ކެމްޕެއިން ޓީމު ހައްޔަރުކޮށްފައިވާ ކަމުގެ ޚަބަރުތަކެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ސީދާ ޖަވާބެއް ފުލުހުންގެ ފަރާތަކުން ލިބިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން