Advertisement
ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 14:11
ނީލަން ފިހާރަ- ފައިލް ފޮޓޯ
ނީލަން ފިހާރަ- ފައިލް ފޮޓޯ
މިހާރު
ނީލަން ފިހާރަ
ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފޭސް-1 އިން ބިން ހަމަޖައްސައިފި
މިވަގުތު ކުރިއަށްދަނީ އިން ވަކި ކުރުމުގެ މަސައްކަތް
އެ ސަރަހައްދު ވިޔަފާރިވެރިންނަށް ބޭނުންކުރެވޭ ވަކި ދުވަހެއް ހާމަކުރައްވާފައިނުވޭ

ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފޭސް-1 އިން ބިން ހަމަޖައްސައިފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވީ މާލޭގައި ހިންގަމުން އައި ނީލަން ފިހާރަތައް އަލުން ފެށޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ގޮތުން ހުޅުމާލެ ފޭސް-1 ގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement

މިވަގުތު ކުރިއަށްދަނީ އިން ވަކި ކުރުމާއި ފުރިހަމަ ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މާލޭގައި ހިންގަމުން އައި ނީލަން ފިހާރަތައް އަލުން ފެށޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން އެކަމަށް ޚާއްސަ ބިމެއް ކަނޑައެޅުން. މިއީ ވެސް 14 ވަނަ ހަފްތާގައި ފުރިހަމަ ކުރެވުނު ވައުދެއް. މާލޭގައި ހިންގަމުން އައި ނީލަން ފިހާރަތައް އަލުން ފެށޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ގޮތުން ހުޅުމާލެ ފޭސް-1 ގެ އިންޑަސްޓްރިއަލް ސަރަހައްދުން ވަގުތީ ބިމެއް ވަނީ ހަމަޖައްސައިދީފައި. މިވަގުތު ކުރިއަށްދަނީ އިން ވަކި ކުރުމާއި ފުރިހަމަ ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވީ

ނީލަން ފިހާރަ ހިންގުމަށް ހުޅުމާލެ ފޭސް-1 އިން ބިން ހަމަޖެއްސިކަން މިނިސްޓަރު ހައިދަރު އިއުލާން ކުރެއްވި ނަމަވެސް އެ ސަރަހައްދު ވިޔަފާރިވެރިންނަށް ބޭނުންކުރެވޭ ވަކި ދުވަހެއް ހާމަކުރައްވާފައިނުވެއެވެ.

ނީލަން ފިހާރައިގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން އެތަން ކުރިން ހިންގި ބިމުގައި ނުހިންގޭނެ ކަމަށް ނިންމެވީ މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް