ކ. މާލެ
|
4 މާރޗް 2024 | ހޯމަ 08:25
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުއްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ
އޭދަފުށީގެ ބިން ހިއްކެން ނެތް، އެރަށުގެ ބައެއްގެ ގޮތުގައި މާއްޑޫ ވަނީ ހަމަޖައްސާފައި: ރައީސް މުއިއްޒު
 
ސަރުކާރުން ތަރައްގީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ އަތޮޅު އޭދަފުށި
 
ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން
 
މިހަފްތާތެރޭގައި އެކަމުގެ ލިޔެކިއުންތައް ކައުންސިލްއާއި ހަވާލުކުރާނެ

ބ.އޭދަފުށީގެ ބިން ހިއްކެން ނެތުމުން އެރަށުގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުއްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެރަށުގެ ބިން އިތުރަށް ހިއްކެތް ނެތް ކަމަށާއި، ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުން ކަމަށެވެ. އެހެންކަމުން އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހަފްތާތެރޭގައި އެކަމުގެ ލިޔެކިއުންތައް ކައުންސިލްއާއި ހަވާލުކުރައްވާނެ ކަމަށެވެ.

އެރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި، ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުގައި، އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށްކަމުގައި އޭދަފުށި ހައްދަވާނެކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ތަރައްގީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރު ބ އަތޮޅު އޭދަފުށީގައި ގާއިމްކުރައްވާނެ ކަމަށެވެ. އެހެންކަމުން އޭދަފުށީގެ ތަރައްގީގެ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް