ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 19:51
އަލިފާން ރޯވެފައި
އަލިފާން ރޯވެފައި
އެމްއެންޑީއެފް
އަލިފާން ނިއްވާލުން
ހެންވޭރު ގެޔެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި، ދެ ދިވެއްސަކާއި ބިދޭސީއަކަށް ފަރުވާދެނީ
 
ބިދޭސީއެއްގެ ފައި ފިހި، ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭގައި އަންނަނީ ފަރުވާދެމުން

މަޖީދީމަގުގައި ހުންނަ ހެންވޭރު ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުންކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގައި ބިދޭސީއެއްގެ ފައި ފިހި، ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭގައި ފަރުވާދެމުންދާކަމުގެ މަޢުލޫމާތު ވަނީ ލިބިފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުނި މިއަދު ހަވީރު 18:07 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން، 18:23 ހާއިރު ވަނީ އަލިފާން ކޮންޓްރޯލްކުރެވިފައިކަށާއި އޭގެފަހުން އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވިއިރު އެ ސަރަހައްދުގައި ވަނީ ދުން ބޯވެފައެވެ. އަދި އަލިފާން ވަރަށް ގަދަޔަށް ހިފާފައިވާ މަންޒަރުވެސް އޭރު ފެނިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް