ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 18:16
އައު ރެކޯޑު ހެދި ޓީއެސް ލައިން
އައު ރެކޯޑު ހެދި ޓީއެސް ލައިން
ޓީއެސް ލައިން
މަސް އެކްސްޕޯޓްކުރުން
ޖެނުއަރީ މަހު މަސް އެކްސްޕޯޓްކުރި މިންވަރު ދަށަށް
މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 47 އިންސައްތަ ވަނީ ދަށަށް ގޮސްފައި

ރާއްޖެއިން މިއަހަރުގެ ޖެނުއަރީ މަހު މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 47 އިންސައްތަ ދަށަށް ހިނގައްޖެއެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން ބޭރުކޮށްފައިވަނީ 4،512 މެޓްރިކް ޓަނުގެ މަހެވެ. ރާއްޖެއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 8،574 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާކަމަށް ތަފާސްހިސާބުން ހާމަވެއެވެ.

ރާއްޖެއިން މިދިޔަ ޖެނުއަރީ މަހު އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ކަޅުބިލަ މަހެވެ. އެގޮތުން ތާޒާ އަދި ގަނޑުކުރި ކަޅުބިލަ މަހުގެ ގޮތުގައި 2،213 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން 1،472 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ބޭރުކޮށްފައިވެއެވެ.

މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 664.6 މެޓްރިކް ޓަނުގެ މަސް ޖެނުއަރީ މަހު ރާޢްޖެއިން ބޭރުކޮށްފައިވެއެވެ.

- ކޮމެންޓް