ކ. މާލެ
|
2 މާރޗް 2024 | ހޮނިހިރު 05:38
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން އދ އަތޮޅަށް ޔެލޯ އެލާޓް
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރޭ

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން އދ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:30އާ ހަމައަށް އެސަރަހައްދަށް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެއިތުރުން މެޓް އޮފީހުން ވަނީ ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ހޮނިހިރު ދުވަހުގެ ހެނދުނު 7 ޖެހުމާހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

- ކޮމެންޓް