ކ. މާލެ
|
1 މާރޗް 2024 | ހުކުރު 09:52
ޕައުލް ޕޮގްބާ: އޭނާ ވިއްކާލުން ގާތް
ޕައުލް ޕޮގްބާ: އޭނާ ވިއްކާލުން ގާތް
ގޫގުލް
ޕައުލް ޕޮގްބާ
ދިރިއުޅުން ބިނާކުރީ ފުޓްބޯޅައިން، ސަސްޕެންޑުކުރުމުން ރޮވުނު، އިސްތިއުނާފުކުރާނަން: ޕޮގްބާ
 
އޭނާ ހަތަރު އަހަރަށް ސަސްޕެންޑްކުރީ މަނާ ބޭސް ބޭނުންކުރިކަން ޔަގީންވުމުން

މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމުން ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ހަތަރު އަހަރަށް އިއްޔެ ކުރި ސަސްޕެންޝަން ގަބޫލުނުކޮށް، އިސްތިއުނާފު ކުރާނެކަމަށް މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފި އެވެ.

އިޓަލީގެ އެންޓީ ޑޯޕިން އެޖެންސީން އޭނާ މަނާ ބޭސް ބޭނުންކުރި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޕޮގްބާގެ މައްޗަށް ސާބިތުވާ ހެކި ހުރި ކަމަށެވެ. މިހެންވެ އަދަބަކީ ހަތަރު އަހަރަށް ހުސްކޮށް ހުރުން ކަމަށެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފްރާންސަށް ހޯދައިދިން 30 އަހަރުގެ މިޑްފީލްޑަރު ބުނީ އޭނާގެ މައުސޫމްކަން ސާބިތުކޮށްދޭން މަސައްކަތް ކުރާނެ ކަމަށެވެ.

އަހަރެން ވަރަށް ހައިރާންވެއްޖެ. އަހަރެންގެ ހިތްހަލާކުވެއްޖެ. އަހަރެންގެ ދިރިއުޅުން އެކަމެއްގެ މައްޗަށް އަހަރެން ބިނާކުރި މަސައްކަތުން އަހަރެން އަހަރެން އެކަހެރިކުރުމުން ލިބުނީ ޝޮކެއް. އަހަންނަށް ރޮވުނު. އަހަރެން ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ނުކުރާކަން، އަދި މަނާ އެއްވެސް ބާވަތެއްގެ ބޭހެއް ބޭނުން ނުކުރާކަން ސާބިތުކޮށްދޭން ބޭނުން. މިހެންވެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަނުގައި އިސްތިއުފާކުރާނަން
ޕޮގްބާ

މި މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު ޕޮގްބާ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ ފްރާންސްގެ އެންޓި ޑޯޕިން އެޖެންސީންނެވެ.

އޭނާ ސަސްޕެންޑްކުރި ނަމަވެސް އޭނާ ކުޅެމުން އަންނަ ކުލަބު އިޓަލީގެ ޔުވެންޓަސްއިން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.

ޕޮގްބާ އަކީ މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް 2018ގެ ވޯލްޑްކަޕަށް ފަހު ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވެ ކުރީގެ މޮޅު ކުޅުން އޭނާއަށް ވަނީ ނުދެއްކިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް