ހަފްތާ ބަންދުގައި ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ. އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ.
ހޮނިހިރު ދުވަހު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށާއި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެއިތުރުން މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.