ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 14:45
މިސްކިތްތަކާއި ހޮސްޕިޓަލުތަކުގެ އިތުރުން، ސްކޫލު ޢިމާރާތްތައްވެސް ބިމާ ހަމަ ކުރަމުން ދަނީ، އެއީ ހަނގުރާމައިގެ ކިއްލާތަކެއްގެ ގޮތުގައި ޙަމާސްއިން ބޭނުން ކުރާ ތަންތަން ކަމަށް ބުނެ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
"ޤަތުލުޢާންމު ހިންގަން ނިންމީ މުޅި ދުނިޔެއިން، މަޑު އެ ކުރަނީ ކޮން ކަމަކަށްތަ؟": ޖަވާބަކީ ކޮބާ؟
 
އިޒްރޭލުން ޣައްޒާއަށް ޙަމަލާ ދެމުން ދަނީ، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެ

ދުވަހަކީ ފެބްރުއަރީ މަހުގެ 21 ވީ ބުދަ ދުވަހެވެ. ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލުޢާންމާއި ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް، އިންސާނިއްޔަތަށްޓަކައި ހުއްޓާލުމަށް ގޮވާލާ، އދގެ ސަލާމަތީ މަޖިލީހުން ފާސް ކުރަން އުޅުނު ޤަރާރު، އެމެރިކާއިން ވީޓޯ ކުރި ފަހުން، ދުނިޔެ މައްޗަށް އަލިވިލުނު ފުރަތަމަ ދުވަހެވެ. ޣައްޒާގެ ވަޒަންވެރިންނަށް، އެ ދުވަހަކީވެސް އިތުރު އެތައް އަނިޔާއަކާއި، ވޭނަކާ ކުރިމަތިލާން ޖެހުނު ދުވަހެކެވެ.

ޣައްޒާގެ ވަޒަންވެރިންގެ ހިތުގައި އަޅަމުންދާ ވޭނާއި، ވަށާލަމުންދާ މާޔޫސް ކަން ހައްތަހާ ދަނީ ބޮޑުވަމުންނެވެ. "ދުނިޔެ މި މަޑު ކުރަނީ ކޮން ކަމަކަށްތަ؟، އިޒްރޭލުގެ ޢުދުވާންތަކުގައި އޭނާގެ ޢާއިލާ މެންބަރުން މި ދުނިޔެއާ ވަކިވުމުގެ ހިތާމަ ކުރަން އިން މީހަކު އަހާލިއެވެ. އެ ސުވާލަށް، އަހަރެމެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

އެމެރިކާގެ ވީޓޯ އަކީ އަހަރެމެން ހައިރާން ވާ ކަމެއް ނޫން. މީ އަދި ފުރަތަމަ ފަހަރެއްވެސް ނޫން. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަން ނިންމި ނިންމުމަކީ މުޅި ދުނިޔެވެސް ނިންމި ނިންމުމެއް. އެ ނިންމުން އަދިވެސް ދަނީ ކުރިއަށް. ދުނިޔޭގެ އެކި ކަންކޮޅުތަކުގަ މިނިވަން ކަމާއެކީ އުޅެމުންދާ މީހުން ފިޔަވަޅެއް ނާޅާ، ޢަރަބީންނާއި މުސްލިމުން ފިޔަވަޅެއް ނާޅާ ތިބެއްޖެއްޔާ، ޤަތުލުޢާންމު ދާނީ ކުރިއަށް، މި މަންޒަރުތަކަކީ އެންމެ ފަހު މަންޒަރަކަށް ނުވާނެ. މިދިޔަ 140 ދުވަހު ދުނިޔެ ދުށް މި މަންޒަރުތަކުން ފިޔަވަޅެއް އަޅަން ދުނިޔެއަށް ހިތްވަރު ނުލިބުނު އިރު، ކޮން ކަމަކަށްތަ އެ މީހުން މަޑު އެ ކުރަނީ؟ އެ މަޑު ކުރަނީ ފަލަސްޠީނުގެ ކުދިބޮޑު އެންމެން މަރާ ހުސް ކުރަން ދެކަށްތަ؟ އެހެން ކަމަށް ވަންޏާ، އަހަރެމެންވެސް ތައްޔާރު. އަހަރެމެން ތިބޭނީ ހަމަ މިފަސްގަނޑުގަ. އަހަރެމެން އެންމެން މަރުވެދާނީ، ނޫނީ ﷲގެ ޙަޟްރަތުން މިކަމަށް ޙައްލެއް ލިބޭނީ.
އަޙްމަދު ޖުމާ؛ ފަލަސްޠީނު ރައްޔިތެއް

އިޒްރޭލުން ޣައްޒާއަށް ޙަމަލާ ދެމުން ދަނީ، ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ބުނެއެވެ. އެޔެއް މިޔެއް ބެލުމެއް ނެތި، އެއްގަމާއި، ކަނޑާއި ވައިގެ މަގުން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މަރުވި މީހުން މީހުންގެ ޢަދަދު 30000 އަށް އަރާއިރު، ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަހަރެންގެ ނަޒަރުގަ މީ ޖަރީމާއެއް. ހުރިހާ އެންމެންވެސް މި ޖަރީމާގަ ބައިވެރިވޭ. ވީޓޯ ކުރަން އެމެރިކާއަށް ލިބިފަ އޮންނަ ބާރާ ހިސާބުން، އެ މީހުން އެ ދަނީ މި ޖަރީމާގަ ބައިވެރިވަމުން، ދެން، އަހަރެމެންނަށް އެއްބާރުލުން ދޭން ފެއިލްވި އެންމެންވެސް އެ ދަނީ މި ޖަރީމާ ބައިވެރިވަމުން. ޢަރަބީންނާއި މުސްލިމުން...
ޢަބްދުއްރަޙްމާން ޖުމާ؛ ފަލަސްޠީނު މީހެއް

ޢަބްދުއްރަޙްމާނުގެ ހިތުގައި އަޅަމުން ދިޔަ ވޭން، ދުލާއި ގަލަމުން ބަޔާން ކޮށްދެވެން ނެތް ނަމަވެސް، އޭނާގެ ދެލޮލަށް ބަލައިލުމުން އެކަނިވެސް، އެ ހިތްދަތިކަމުގެ ކުޑަ މިންވަރެއް އިޙްސާސް ކުރެވޭ ފަދައެވެ.

މި ކުއްޖާ، އަހަރެންގެ އުނގުމަތީ މި އޮތް ކުއްޖާ އެ ދިޔައީ އަހަރެންގެ ރޫޙު ހިފައިގެން. އެ ވާހަކަ އިހަށް ބާއްވާ. މީ އެންމެ ދޮޅު އަހަރުގެ ކުއްޖެކޭ! ވީ ގޮތަކީ، ޙަމަލާ 2 ގަޑިއެއް ހާއިރު ކުރިން އަހަރެންވެސް ހުރިން އެތާ... އަންހެނުންނާއި އަންހެން ދަރިފުޅު މި ތިބީ އަހަރެންގެ ޅިޔަންފަހަރިންގެ ގޭގަ، ސައިބޮއެ، ކުޅެލާ ހަދާލަން. ދެން އަހަރެން އެތަނުން ދިޔައީ. އޭގެ ބަރާބަރު ގަޑިއިރެއް ފަހުން މި އިވެނީ އަބޫ އަލް-ނޫރުގެ ގެއަށް ޙަމަލާ ދީގެން އުޅޭ އަޑު. ދުވަމުން ދުވަމުން އަހަރެން އައި އިރު، ޢިމާރާތުގަ ތިބި އެންމެން ޝަހީދު ކޮށްލައިފި. އަހަރެންގެ ދޮޅު އަހަރުގެ ދަރިފުޅު، ކިންޒާ ޢަބްދުއްރަޙްމާން ޖުމާ، އަނބިމީހާ ނޫރް ނާސިރު އަބޫ އަލް-ނޫރު، ބަފާބެއާއި މައިދައިތައާއި، އެމީހުންގެ ފިރހެން ދަރިފުޅާ، އިތުރު 3 އަންހެން ކުދިންގެ ހަށިގަނޑުތައް އޮތީ ހަމަ ބުރިބުރިވެފަ.
ޢަބްދުއްރަޙްމާން ޖުމާ؛ ފަލަސްޠީނު މީހެއް

މިސްކިތްތަކާއި ހޮސްޕިޓަލުތަކުގެ އިތުރުން، ސްކޫލު ޢިމާރާތްތައްވެސް ބިމާ ހަމަ ކުރަމުން ދަނީ، އެއީ ހަނގުރާމައިގެ ކިއްލާތަކެއްގެ ގޮތުގައި ޙަމާސްއިން ބޭނުން ކުރާ ތަންތަން ކަމަށް ބުނެ، ބަހަނާ ދައްކައިގެންނެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ބަލައިގެންފައިވާ މުޢާހަދާތަކާ ޚިލާފަށެވެ.

2.3 މިލިއަން މީހުންގެ ޢާބާދީއެއް އޮތް ޣައްޒާގެ އެންމެންހެން މިއަދު "ދިރިއުޅެމުން" ދަނީ ދެކުނުގެ ރަފަޙުގައެވެ. ފިތި ބާރުވެގެން ރަފަޙުގައި ރޭދުވާ ވޭތުކުރަމުން ދަނީ، އިންސާނަކު ދިރިއުޅެން އެކަށީގެންވާ ޙާލަށްވުރެ ނިކަމެތި ކޮށެވެ. ކުކުޅު ކޮށިތަކުގައި ނިދާއިރު، ކައިބޮއި ހަދަން ލިބެނީ ޖަނަވާރުތަކާއި ނަޢަމްސޫފާސޫފި ކާން އުފައްދާފައި ހުންނަ ތަކެއްޗެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް