ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 08:28
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު
ބެޑްމިންޓަން އަތޮޅުތަކަށް
މާލޭގައި ބާއްވަމުން އައި ބައެއް ބެޑްމިންޓަން މުބާރާތްތައް އަތޮޅުތަކަށް
 
މާލޭގެ ކޯޓްތަކަށް ލޯޑް ކުޑަކުރަން ޖެހޭ

މާލޭގައި ބާއްވަމުން އައި ބައެއް ބެޑްމިންޓަން މުބާރާތްތައް މިއަހަރު އަތޮޅުތަކަށް ބަދަލުކުރާނެ ކަމަށް ބެޑްމިންޓަން ސޯސިއޭޝަނުން ބުނެފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ރާއްޖެ ޓީވީގެ 'ކުޅިވަރު ފައިލް' ޕްރޮގްރާމްގައި ވިދާޅުވީ ބައެއް މުބާރާތްތައް އަތޮޅުތަކުގައި ބޭއްވުމަށް ވަސީލަތްތައް ހުރި ކައުންސިލްތަކާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެކުރިން އަތޮޅުތަކުގައި މުބާރާތް ބާއްވަމުން އައި ރަށްތަކުގެ އިތުރުން މިއަހަރު ޅ.ނައިފަރުގައި މުބާރާތް ބޭއްވޭނެ ކަމުގެ އިޝާރާތެއް ވެސް މޫސަ ދެއްވިއެވެ. އޭނާ ވިދާޅުވީ ނައިފަރުގައި ހުރި ވަސީލަތްތަކަކީ މުބާރާތް އެ ރަށުގައި ބެއްވޭވަރުގެ ވަސީލަތްތަކެއް ކަމަށެވެ. އަދި މާލޭގައި ހުރި ބައެއް ބޮޑަތި މުބާރާތްތައް ނައިފަރު ހިމެނޭ ސަރަހައްދުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި މަސައްކަތް ކުރައްވަނީ އެމަގަށް ކަމަށް ނާޝިދު ވިދާޅުވިއެވެ.

އޭގެއިތުރުންވެސް ފާހަގަކުރެވޭ ލޮކޭޝަންތައް އަޅުގަނޑުމެން މިދަނީ ދެނެގަނެ މުބާރާތުގެ ލޯޑް މާލެއަށް ކުޑަކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން
މޫސާ ނާޝިދު/ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް

ނާޝިދު ވިދާޅުވީ މާލޭގައި މުބާރާތްތައް ބޭއްވުމުން ބެޑްމިންޓަންއަށް ވަރަށްބޮޑު ހުއްޓުމެއް އަންނަ ކަމަށެވެ. އެއީ މާލޭގައި އޮތް 8 ކޯޓަކީ މިސަރަހައްދުގެ އެންމެން ކުޅެން އޮތްތަނަށް ވެފައި މުބާރާތެއް ކުރިއަށްދާނަމަ އެ ކޯޓްތަކުގެ ބޭނުން އެހެން ކުޅުންތެރިންނަށް ނުކުރެވޭތީކަން އޭނާ ފާހަގަކުރެއްވިއެވެ. މުބާރާތުގައި ކުޅޭ ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިންގެ ކުޅުން މުޅިން ހުއްޓޭތީ އެކަމަށް މިވަގުތު ގެނެވެން އޮތް ހައްލަކީ މާލެއަށް ލޯޑްކުޑަކޮށް އަތޮޅުތަކުގައި މުބާރާތް ބޭއްވޭ ނިސްބަތް އިތުރު ކުރުން ކަމަށް ނާޝިދު ވިދާޅުވިއެވެ.

މީގެއިތުރުން އެހެން ހިސާބުތަކުގައި ބެޑްމިންޓަން ކުރިއަށްގެންގޮސް ކުރިއެރުވޭނީ ވެސް އެ ހިސާބުތަކުގައި މުބާރާތްތައް ބޭއްވިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުތަކުގައި ވެސް އަތޮޅުތަކުގައި ބެޑްމިންޓަންގެ ރަސްމީ މުބާރާތްތައް އައީ ބާއްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް