ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 08:03
ހާލަންޑް ފުރަތަމަ ލަނޑު ޖެހުމަށްފަހު އެހެން ކުޅުންތެރިންނާއެކު
ހާލަންޑް ފުރަތަމަ ލަނޑު ޖެހުމަށްފަހު އެހެން ކުޅުންތެރިންނާއެކު
ރޮއިޓާސް
އިނގިރޭސި އެފްއޭކަޕް
ހާލަންޑްގެ 5 ލަނޑާއެކު މޮޅުވެ، ސިޓީ އެފްއޭ ކަޕް ކުއާޓާ ފައިނަލަށް
މިސީ ސިޓީގައި ހާލަންޑްގެ 8 ވަނަ ހެޓްރިކް

ހާލަންޑްގެ 5 ލަނޑާއެކު މޮޅުވެ, އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަ ހޯދައިފި އެވެ.

ސިޓީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ފަސްވަނަ ބުރުގައި 6-2 ލޫޓަން ޓައުން ބަލިކޮށްގެންނެވެ. މެޗުގައި ސިޓީގެ ފުރަތަމަ ފަސް ލަނޑުވެސް ޖެހީ ހާލަންޑެވެ. އޭނާ ލޫޓަން ޓައުންގެ ގޯލް ހުޅުވާލީ 3 ވަނަ މިނިޓްގައި ކެވިން ޑި ބުރޭނާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. ފުރަތަމަ ހަތަރު ލަނޑު ޖަހަންވެސް ހާލަންޑަށް ފުރުޞަތު ތަނަވަސްކޮށްދިނީ ޑި ބުރޭނާ އެވެ. ފަސްވަނަ ލަނޑު ޖެހީ ބާނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މިއީ ސިޓީއަށް ބަދަލުވެ ހާލަންޑް ހެދި 8 ވަނަ ހެޓްރިކެވެ. ފަހު ލަނޑު 72 ވަނަ މިނިޓްގައި ކޮވަސިޗް ޖެހީ ޑިފެންޑަރ ސްތޯންސް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

ލޫޓަން ޓައުންގެ ދެ ލަނޑު 45 ވަނަ މިނިޓާއި 52 ވަނަ މިނިޓްގައި ޖެހީ ޖޯޑަން ކްލާކް އެވެ. 77 ވަނަ މިނިޓްގައި ހާލަންޑް ބަދަލުކުރި ފަހުން މެޗުގައި ސިޓީއަށް ގޯލެއް ނުޖެހެއެވެ. މެޗުގައި ސިޓީއަށް ކުރިމަތިވި ނުތަނަވަސް ކަމަކީ އަނިޔާގެ ސަބަބުން ފުރަތަމަ ހާފްގައި ޖެކް ގްރީލިޝް ބަދަލުކުރަން ޖެހުމެވެ.

- ކޮމެންޓް