ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 13:56
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކީލިއަން އެމްބާޕޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަދި ކީލިއަން އެމްބާޕޭ
ރޮއިޓާސް
ޕީއެސްޖީ
އެމްބާޕޭ ނުލައި ކުޅެން ދަސްކުރަންޖެހޭ: އެންރީކޭ
 
އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައި

ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް ކީލިއަން އެންމެބާޕޭ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް ނަމަވެސް އޭނާ ނުލައި ކުޅެން ދަސްކުރަންވެއްޖެ ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ މި ފަހަރަކަށް އައިސް ކުޅޭ މެޗުތަކުގެ 90 މިނެޓު ފުރިހަމަކޮށް މެޗުގެ ވަކި ހިސާބަކުން އެމްބާޕޭ ބަދަލުކުރަމުންދާތީވެ ނޫސްވެރިން ސުވާލު ކުރުމުންނެވެ. ސީދާ ޖަވާބެއް ނުދީ އެންރީކޭ ބުނީ އެމްބާޕޭ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ އަރާމުކުރާނއ ވަގުތު ވެސް ބޭނުންވާނެ ކަމަށެވެ. ނަމަވެސް ފަހުން ބުނީ އޭނާ ނުލައި ކުޅެން ޕީއެސްޖީގެ ކުޅުންތެރިން ދަސް ކުރަންޖެހޭ ކަމަށެވެ. ސަބަބަކީ ކޮންމެ އަހަރަކު ވެސް ޓީމު ބަދަލުވަމުންދާތީ ކަމަށެވެ.

ކޮންމެ ސީޒަނެއްގައި ވެސް ޓީމު ބަދަލުވޭ. އަނެއްްކާ ފުރަތަމަ 11ގައި ކުޅޭނީ އަބަދު އެއްބައެއްނޫން. ތަފާތު ކުޅުންތެރިންނާއެކު ކުޅެ ޓީމު ހާނުވަން މިޖެހެނީ. އެހެންވީމާ ހުރިހާ ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭނެ. އެމްބާޕޭ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު އޭނާ ނުލައި ކުޅެން ދަސްކުރަންޖެހޭ
އެންރީކޭ

އެންރީކޭ އިޝާރާތް މިކުރީ މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނެ ވާހަކަ މެނޭޖްމަންޓަށް އަންގާފައިވާތީވެ އެކަމަށެވެ.

ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ކުލަބުން އޭނާ ބަހައްޓަން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައިނުވާއިރު ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމައި އެމްބާޕޭ ޕްރީ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. މިކަން ސްޕެނިޝް ލީގުގެ ރައީސް ހާވިއާ ޓަބޭސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެންރީކޭ ބުނީ އަންނަ ސީޒަނުގައި ޕީއެސްޖީ ޔޫރަޕުގެ މުބާރާތްތަކުގައި ވާދަކުރަން ތައްޔާރުކުރަން އޭނާ ބޭނުންވާ ކަމަށެވެ. އެ މަސައްކަތުގައި މިހާރު ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް އިތުރު ފުރުސަތުދެމުންދާނެ ކަމަށާއި އެންމެނަށް އެއްވަރަކަށް ކުޅެން ފުރުސަތު ނުލިބިދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް