ކ. މާލެ
|
27 ފެބްރުއަރީ 2024 | އަންގާރަ 09:53
ބްރެންޓްފޯޑާ ދެކޮޅަށް އޮސްކާ ބޮބް ކުޅެނީ
ބްރެންޓްފޯޑާ ދެކޮޅަށް އޮސްކާ ބޮބް ކުޅެނީ
ރޮއިޓާސް
ބޮބް ސިޓީގައި މަޑުކުރުން
މެންޗެސްޓަރ ސިޓީގެ ޒުވާން ފޯވާޑް ބޮބް އެއްބަސްވުން އައުކޮށްފި
 
އައު އެއްބަސްވުން ހަމަވާނީ 2029 ވަނަ އަހަރު

މެންޗެސްޓަރ ސިޓީގެ ޒުވާން ފޯވާޑް އޮސްކާ ބޮބް ދިގު މުއްތަދެއްގައި ކްލަބްގައި މަޑުކުރަން, އެއްބަސްވުން އައުކޮށްފި އެވެ.

20 އަހަރުގެ ފޯވާޑް ސޮއިކުރީ 5 އަހަރުގެ އައު އެއްބަސްވުމެއްގައެވެ. އައު އެއްބަސްވުމާއެކު 2029 ވަނަ އަހަރުގެ ނިޔަލަށް އޭނާ ސިޓީގައި މަޑުކުރާނެއެވެ. ސިޓީއާއެކު ފުރަތަމަ އޮސްކާ ބޮބް ސޮއިކުރި އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރަށެވެ. ނޯވޭގެ ފޯވާޑަށް މިހާރު ސިޓީން އެކަށީގެންވާ ވަގުތު ނުލިބުނަސް ލިބޭ މަދު ފުރުޞަތުގައި އަންނަނީ ކޯޗު ގާޑިއޯޕާގެ އިތުބާރު ހޯދަމުންނެވެ. މިސީޒަންގައި މިހާތަނަށް ކުޅެން ފުރުޞަތު ލިބުނީ 16 މެޗެއްގައެވެ. ޖެނުއަރީ މަހު ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ޖެހިއެވެ.

ނޯވޭ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ އޮސްކާ ބޮބް ސިޓީއާ ގުޅުނީ 2019 ވަނަ އަހަރު އެވެ. ޒުވާން ކުޅުންތެރިޔާ ބުނީ މިހާތަނަށް ވެސް ކޯޗު ޕެޕް ގާޑިއޯލާއާ ސިޓީގެ ކޯޗިންގ ޓީމްގެ ފަރާތުން ގިނަ ކަންކަން ދަސްވެ ކުރިއެރުން ލިބިއްޖެ ކަމަށެވެ. ޒުވާން ކުޅުންތެރިން ކުރިއަށްދާން ސިޓީއަކީ ރަނގަޅު ކްލަބެއް ކަމަށް އޭނާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް