ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 09:53
ކަސެމީރޯ އާއި ވަރާނޭ (ކ): އަންނަ ސީޒަނުގައި ޔުނައިޓެޑުން ނުފެނިދާނެ
ކަސެމީރޯ އާއި ވަރާނޭ (ކ): އަންނަ ސީޒަނުގައި ޔުނައިޓެޑުން ނުފެނިދާނެ
ޑެއިލީ މެއިލް
މެންޗެސްޓާ ޔުނައިޓެޑް
ޔުނައިޓެޑުން ކަސެމީރޯ އާއި ވަރޭނޭ ވިއްކާލަނީ
 
ޓީމުގެ 12 ކުޅުންތެރިއަކު ވިއްކާލުމަށް މަސައްކަތް ކުރާނެ

އަންނަ ސީޒަނަށް ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މެންޗެސްޓާ ޔުނައިޓެޑުން ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ރަފޭލް ވަރާނޭ އާއި ކަސެމީރޯ ވިއްކާލަން މަސައްކަތް ފަށައިފި އެވެ.

ކުރިން އެކުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅުނު ދެ ކުޅުންތެރިން ވިއްކާލަން ޔުނައިޓެޑުން ނިންމީ އެކުލަބުގެ ކުލަބުގެ އައު ވެރިޔާ ޖިލް ރަޓްކްލިފޭ އެގޮތަށް ބޭނުންވާތީ އެވެ.

ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އާއި ފްރާންސްގެ ޑިފެންޑަރު ވަރާނޭ އަކީ ޔުނައިޓެޑްގެ ފުރަތަމަ 11ގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. ނަމަވެސް ރަޓްކްލިފޭގެ ވިސްނުނަކީ ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެން ދުރު މުސްތަގްބަލެއްގައި ވަރުގަދަ ޓީމެއް އެކުލަވާލުމެވެ.

މި ގޮތުން މި ދެ ކުޅުންތެރިންގެ އިތުރުން ޓީމުގެ 12 ކުޅުންތެރިއަކު ވިއްކާލުމަށް ވެސް މަސައްކަތް ކުރާނެ ކަމަށް ޔުނައިޓެޑާ ގާތް ގުޅުން އޮންނަ ނޫސްވެރިން ވަނީ ބުނަން ފަށައިފަ އެވެ.

އަންނަ ސީޒަނަށް އެ ޓީމު ތައްޔާރުވުމުގެ ޕްލޭނަށް މަސައްކަތް ފަށާފައިވާއިރު ޓީމުގައި ތިބޭނެ ކަމުގެ ޔަގީންކަން މިވަގުތު ލިބެނީ އެންމެ ދެ ކުޅުންތެރިންނަށް ކަމަށްވެ އެވެ. އެއީ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް އާއި ޑިއެގޯ ޑަލޮޓަށެވެ.

1.2 ބިލިއަން ޕައުންޑަށް ޔުނައިޓެޑްގެ 27 ޕަސެންޓް ހިއްސާ ގަތުމަށްފަހު ކުލަބު ހިންގުމުގައި މިހާރު ބަސްކިޔާ ފަރާތަކީ ރަޓްކްލިފޭ އެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އޭނާ ބޭނުން ވަނީ ވާދަވެރި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ވައްޓާލުމަށްފަހު އެއްވަނަ ކުލަބުގެ މަގާމަށް ޔުނައިޓެޑް ގެނައުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް