ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 21:45
މެންޗެސްޓާ ޔުނައިޓެޑްގެ ހުޖްލުންޑް އާއި ކޯޗު (ކ)
މެންޗެސްޓާ ޔުނައިޓެޑްގެ ހުޖްލުންޑް އާއި ކޯޗު (ކ)
ގޫގުލް
މެންޗެސްޓާ ޔުނައިޓެޑް
ހުޖްލުންޑްގެ މަސްގަނޑު ހަލާކުވެއްޖެ، ދެން ކުޅޭނީ ތިން ހަފުތާ ފަހުން
 
މިއީ ބޮޑު އަނިޔާއެއްނޫން، އެކަމަކު ނުކުޅެ މަޑުކުރަންޖެހޭ: ކޯޗު

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރަމްސުސް ހުޖްލުންޑްގެ މަސްގަނޑު ހަލާކުވެ، ތިން ހަފުތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް 72 މިލިއަން ޕައުންޑަށް ގެނައި ފޯވަޑް ވަނީ މިހާތަނަށް ކުޅުނު 30 މެޗުގައި 13 ގޯލު ޖަހާފަ އެވެ. ހާއްސަކޮށް މިދިޔަ އާދީއްތަ ދުވަހު ލުޓޮންއާ ދެކޮޅަށް ޖެހި ގޯލަކީ ޖެހިޖެހިގެން ހަ ވަނަ މެޗުގައި އޭނާ ޖެހި ގޯލެވެ. އެކަމަކު ޑެންމާކުގެ 21 އަހަރުގެ ފޯވަޑަށް އަނިޔާވުމުން އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗާއި އެފްއޭކަޕުގައި ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ. އަދި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ވެސް އޭނާ އަށް ނުކުޅެވޭނެ ކަމަށް ކޯޗު އެރިކް ޓެންހަގް ބުންޏެވެ.

"އެއީ އާދައިގެ އަނިޔާއެއް. އެކަމަކު ދޭއް ނުވަތަ ތިން ހަފުތާ ނަގާނެ އަލުން ކުޅެން. ހާސްވާންޖެހެނީ ހައި އިންޓެންސިޓީ ޓްރޭނިން ހަދާއިރު އޭނާގެ އަނިޔާ އިތުރަށް ގޯސްވެދާނެތީވެ. މިއީ ބޮޑު އަނިޔާއަކަށް ނުވިޔަސް މިކަންކަމުގެ ސަބަބުން އޭނާ ނުކުޅެ މަޑުކުރަންޖެހޭ،"
ކޯޗު ބުންޏެވެ.

ހުޖްލުންޑަށް އަނިޔާވުމުން ޔުނައިޓެޑްގެ ކުރި ބަލަހައްޓަން ނުކުންނަން މިހާރު ޓީމުގައި ހުރި ފޯވަޑަކީ އެންތަނީ މާޝިއަލް އެކަންޏެވެ. އޭނާ އާއި ފޯވަޑް މާކަސް ރަޝްފޯޑަށް އެކަށީގެންވާ ވަރަށް ގޯލު ނުޖެހޭތީވެ މިއީ ޕްރެމިއާ ލީގުގައި ކުރިއަށްދާން ޔުނައިޓެޑަށް ކުރިމަތިވާނެ ހުރަހެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ޔުނައިޓެޑް މިވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގެ ހަ ވަނައިގަ އެވެ. އެއީ 44 ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަނައިގައިވާ ލިވަޕޫލަށްވުރެ 16 ޕޮއިންޓް މަދު އަދަދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް