ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 15:29
އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވަނީ
އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވަނީ
ޓްވިޓަރ
އެލެކްސަސް ސަންޗޭޒް
އާސެނަލްގެ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވާން ފަށައިފި
ސަންޗޭޒްގެ އެއްބަސްވުން އާކުރަން އާސެނަލް އިން އަންނަނީ މަސައްކަތްކުރަމުން
ސަންޗޭޒްއާއެކު އާސެނަލް އުޅެނީ އެއްބަސްވުމަކަށް ނާދެވިގެން

އާސެނަލްގެ ފަރިތަކުރުންތަކުގައި އެޓީމުގެ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް ބައިވެރިވާން ފަށައިފި އެވެ.

ލަންޑަންގައި އާސެނަލް އިން ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި ސަންޗޭޒް ބައިވެރިވެފައިވާއިރު، އޭނާ އެ ކްލަބް ދޫކޮށް ޓްރާންސްފާގައި އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ.

ސަންޗޭޒްގެ އެއްބަސްވުން އާކުރަން އާސެނަލް އިން މަސައްކަތްކުރަމުން އަންނަ އިރު، އަދިވެސް ސަންޗޭޒްއާއެކު އާސެނަލް އުޅެނީ އެއްބަސްވުމަކަށް ނާދެވިގެންނެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން މި ހަފްތާ ތެރޭގައި ސަންޗޭޒް އާސެނަލްގެ އާ އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެންގާ ބުނީ ސަންޗޭޒްއާ ޓެކްސްޓް މެސެޖްގެ ޒަރިއްޔާއިން ވާހަކަދެކެވިފައިވާ ކަމަށާއި، އެއްބަސްވުން އާކުރާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ. މީގެއިތުރުން ވެންގާ ބުނީ ކްލަބުގެ ނިންމުމަކީ ސަންޗޭޒް ވިއްކާނުލުން ކަމަށާއި، އެ ނިންމުން މަތީގައި ކްލަބް ދެމިއޮންނާނެ ކަމަށެވެ.

މި ޓްރާންސްފާގައި ސަންޗޭޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކް، ޕީއެސްޖީ އަދި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައްވެސް ހިމެނެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް